ޚަބަރު

އިންޑިއާއިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތައް ދަރަނީގެ ދަންތުރައަކަށް ނުވޭ: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ އެހީއާއެކު ރާއްޖޭގައި ހިންގާ އެއްވެސް މަޝްރޫއުއެއް ދަރަނީގެ ދަންތުރަކަށް ވެގެން ގޮސްފައި ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އިންޑިއާގެ ގުޖުރާތުގައި އިއްޔެ ފެށި "އައިޑިއާސް ކޮންކުލޭވް" ގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި އިންޑިއާއިން ކުރިޔަށް ގެންދާ މަޝްރޫއުތަކަކީ ދެފުށް ފެންނަ އަދި އެ މަޝްރޫއުތަކުގެ ތަފްސީލް ދިވެހި ރައްޔިތުންނަށް ވެސް އެނގޭނެ މަޝްރޫއުތަކެއް ކަމަށެވެ. ނަޝީދު ވިދާޅުވީ އިންޑިއާ ސަރުކާރުން ޓެންޑާ ކުރާ މަޝްރޫއުތަކަކީވެސް ދެފުށް ފެންނަ ޕްރޮޖެކްޓުތަކެއް ކަމަށެވެ.

"އިންޑިއާގެ މަޝްރޫއުތައް ރާއްޖޭގައި ހިންގަނީ ދެފުށްފެންނަ ގޮތަކަށް، އެނގޭ ކޮން ކަމެއްކަން ހިނގަނީ، މަޝްރޫއުގެ އަގު އެންމެންނަށް އެނގޭ، އިންޑިއާގެ މަޝްރޫއުތައް އިންޑިއާ ސަރުކާރުން ޓެންޑާ ކުރަނީ ޓްރާންސްޕޭރެންޓްކޮށް، އެއްވެސް މަޝްރޫއުއެއް ދަރަނީގެ ދަންތުރައަކަށް ނުވޭ، އަހަންނަށް އިންޑިއާ ކަމުދޭ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިންޑިއާ އިން އަބަދުވެސް ރާއްޖޭގައި އޭރަކު އޮންނަ ވެރިކަމަކަށް އިހުތިރާމްކޮށް ހަމަހަމަކަމާއެކު ކަންތައްކުރާ ކަމަށެވެ. އަދި އިންޑިއާގެ އަމަލުތަކުން އެއްވެސް އިރެއްގައި ރާއްޖެއަކަށް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވަނީ މީގެކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޗައިނާއިން ރާއްޖޭގައި ހިންގި މަޝްރޫއުތަަކަކީ ދަރަނި ދަންތުރައެއް ކަމަށް ވިދާޅުވެ ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މި ސަރުކާރުން މިހާތަނަށް އެންމެ ގިނަ އެހީ އާއި ލޯނު ހޯދާފައިވަނީ ވެސް އިންޑިއާއިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!