ޚަބަރު

އަލިފާން ރޯވި ސަރަހައްދަށް އާންމުން ނުދިއުމަށް އީޕީއޭއިން އިލްތިމާސްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ހާދިސާ ހިނގި އިމާރާތް | ފޮޓޯ: އަދަދު

ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް އަނދާފައިވާތީ ސިއްހީ ރައްކާތެރިކަމަށްޓަކައި އެސަރަހައްދަށް އާންމުން ނުދިއުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އިލްތިމާސްކޮށްފިއެވެ.

Ads by MWSC

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ, އަދިވެސް އެ ސަރަހައްދުގައި ދުމުގެ އަސަރު އެބަހުރި ކަމަށެވެ. އަދި ވަރަށް ގިނަ ވިހަ މާއްދާތައް އެކުލެވޭ އެއްޗެހި އަނދައިގެން ގޮސްފައި އެބަހުރި ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ދުން އަރާ ހިސާބަށް މީހުން ނައުން ކަމަށެވެ.

ނަޢީމް އިތުރަށް ވަނީ ކޮންމެހެން އަންނަންޖެހޭ ހާލަތެއްގައި މާސްކް އެޅައިގެން އައުމަށާއި ކުރަން ބޭނުންވާ ކަމެއްކޮށްފައި އަވަހަށް ދިޔުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

“ ކައިރީގައި އެބަހުރި އިމާރާތްތައްވެސް. އެބޭފުޅުން ދުމުން ސަލާމާތްވެވޭނެ ގޮތްތައް ހޯދައިގެން ތިބެންވާނީ މިކޮޅުގައި ތިބެންޏާ. އެންމެ ރަނގަޅު ގޮތަކީ ދުން އަރާ ހިސާބަށް މީހުން ނައުން” ނައީމް ވިދާޅުވިއެވެ.

ރޭ ދަންވަރު 12:30 ހާއިރު އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ގޭގައި ރޯވެ ހިނގި އަލުފާނުގެ ހަަދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 11 އަރާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!