ޚަބަރު އިޖުތިމާޢީ

ދެވަނަ ފިޔަވަހީގައި ފަސް ސުކޫލު ޢިމާރަތްކުރަން ބިން ހަވާލުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަތަރު ޕަބްލިކް ސުކޫލާއި ޕްރައިވެޓް ސުކޫލެއް ޢިމާރަތްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބިން ހަވާލުކޮށްފިއެވެ.

Ads by STELCO

ސަރުކާރުގެ ހަތަރު ސުކޫލު ޢިމާރަތް ކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޢާޠިފެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރު މޫސާ ނަޢީމެވެ.

މި ސުކޫލުތަކުގެ ތެރެއިން ޕްލޮޓް N5-21 ގައި ހަދާ ސޫކޫލަކީ 50098.85 އަކަފޫޓުގެ ޖާގައިގާ ހަދާ ސުކޫލެކެވެ. ޕްލޮޓް LZ-9 ގައި ވެސް ހަދާނީ 50098.85 އަކަފޫޓުގެ ޖާގައިގާ ހަދާ ސުކޫލެކެވެ. އަދި N4-20 ގައި 66777.84 އަކަފޫޓު އަދި N5-33 ގައި 70710 އަކަފޫޓުގެ ސޫކޫލު ގާއިމުކުރާނެއެވެ.

ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ސްކޫލެއް ހެދުމަށް ބިން ހަވާލުކުރީ އައިލެންޑަރސް އެޑިއުކޭޝަނާއެވެ. އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޢާޠިފެވެ. އައިލެންޑަރސް އެޑިއުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން ޢަބްދުއްރަޝީދެވެ.

އެ ސްކޫލު ހެދުމަށް 48000 އަކަފޫޓުގެ ބިމެއް ވަނީ ހަވާލުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!