ޚަބަރު

އެމްޑީޕީ ތެރޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުން ބޭރުކޮށްގެން ނޫނީ ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ: ޒައިދު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ތެރޭގައި ހަރުކަށި ފިކުރުގެ ގްރޫޕެއް އެބައޮތް ކަމަށާއި އެ މީހުން ބޭރުކޮށްގެން ނޫނީ ރައްޔިތުންގެ ލޯބި ނުލިބޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނު ފެށުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާއަށް މަދުން މީހުން ދިޔައީ އެ ޕާޓީން އިސްލާމް ދީނާ މެދު ގެންގުޅޭ ނުރަނގަޅު ތަސައްވުރެއްގެ ސަބަބުން ކަމަށް މީގެ ކުރިން ޒައިދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިއަދު ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން ގަބޫލު ކުރާ ލާދީނީ ފަލްސަފާ ގަބޫލު ނުކުރާ މެދުމިނުގެ މީހުންނަށް ވެސް "ހަރުކަށި" ލޭބަލް ޖަހަމުންދުވާ "ސިޔާސީ ކައްޓާ، ހަރުކަށި ފިކުރުގެ" ގްރޫޕެއް ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީ(އެމްޑީޕީ) ތެރޭގައި އެބައޮތް ކަމަށެވެ.

"މި ގޭންގު ބޭރުކޮށް އެ ޕާޓީ ސަލާމަތް ކޮށްގެން ނޫނީ ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ." ޒައިދު ވިދާޅުވިއެވެ.

ޒައިދު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ލާދީނީ ވޯކްޝޮޕްތައް ވަނީ ދާދި ފަހުން ކުރިއަށްގެންގޮސްފައެވެ. މި ވޯކްޝޮޕްތައް ކުރިއަށް ގެންގޮސްފައި ވަނޯ ދީނީ ހައްދު ފަހަނައަޅާދިއުމާ ދެކޮޅަށް އިނގިޜޭސިވިލާތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަަމަށްވާ ކުއިލިއަމް ފައުންޑޭޝަންގެ ފަރާތުންނެވެ.

މި ވޯކްޝޮޕްތަކާ ގުޅޭ ގޮތުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!