ޚަބަރު

އިންތިހާބުގެ ކުރިން އެމްޑީޕީއަށް 13 ގޮނޑި ކަށަވަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީއަށް މިހާރުވެސް 13 ގޮނޑި ކަށަވަރުވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަންގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބުނީ، ޖުމްލަ 12 ރަށަކުން 15 ގޮނޑިއަށް ކެންޑިޑޭޓުން ކުރިމަތިލީ ގާނޫނުގައި އިންތިހާބުކުރަން ބުނެފައިވާ އަދަދަށް ކަމަށެވެ. އެއީ އެއިން ކޮންމެ ގޮނޑިއަކަށް އެންމެ ކެންޑިޑޭޓެއް ކަމަށެވެ.

އީސީއިން ބުނީ، އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީއަށް 13 އަދި އަމިއްލަ ގޮތުން ކުރިމަތިލީ ފަރާތްތަކަށް ދެ ގޮނޑި ކަމަށެވެ. އެ 15 ދާއިރާގެ ތެރޭގައި އިންތިހާބެއް ބާއްވަން ނުޖެހޭކަމަށާއި، އޭގެތެރޭގައި މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިތައް ހިމެނޭ ކަމަށް ވެސް އީސީން ބުނެއެވެ. ނަމަވެސް އެއީ އެ ސިޓީތަކުގެ ކޮން ދާއިރާތަކެއް ކަމެއް އީސީން މިރޭ ހާމައެއް ނުކުރެއެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، އެ ދާއިރާތައް ހާމަ ކުރައްވާނީ ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކުރުމަށް ގުރުލާ ދުވަހު ކަމަށެވެ. ގުރު ނެގުން އޮތީ އަންނަ ހަފްތާ ބުދަ ދުވަހުއެވެ. ޝަރީފު ވިދާޅުވީ ގާނޫނީ ގޮތުން އެ މުއްދަތާ ހަމައަށް ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!