ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޓެސްޓްކޮށްފި، ނަތީޖާ ނެގަޓިވް

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި ފެތެރެމުންދާ ކޮރޯނާ ވައިރަސް(ކޮވިޑް-19) އަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި މީހަކު ޓެސްޓްކޮށްފި އެވެ.

Ads by STELCO

މިނިސްޓްރީއިން ބުނީ އައިޖީއެމްއެޗްގައި ނިއުމޯނިއާއަށް ފަރުވާދެމުންދާ މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރެވިފައިވާ ކަމަށާއި އެމީހާގެ ނަތީޖާ ކޮވިޑް-19 ވައިރަހަށް ނެގަޓިވް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ނިއުމޯނިއާ އާއި އަރިދަފުސް ރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ފަށާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީ އިތުރަށް ބުނެފައި ވަނީ ކޮންމެ ވަގުތެއްގައިވެސް ވައިރަސް ރާއްޖެ އަތުވެދާނެ ކަމަށް ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަނެ، އެފަދަ ހާލަތެއް އައިސްދާނެ ކަމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!