ޚަބަރު ސިޔާސީ

މި ދައުރުން ފެށިގެން މި ޤައުމު ދަތުރުކުރި މިސްރާބު އިސްލާހުކުރުން ލާޒިމް: ޣައްސާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މި ދައުރުން ފެށިގެން މި ޤައުމު ދަތުރުކުރި މިސްރާބު އިސްލާހުކުރުން ލާޒިމުކަމަށް ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޣައްސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން މި ޤައުމު ދަތުރުކުރި މިސްރާބު އިސްލާހުކުރުމަކީ މިއަދު ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ. އެ ގޮތުން އިސްލާމްދީން ހިމާޔަތް ކުރަން މިއަދު ޖެހިފައިވާ ކަމަށާއި ސިޔާދަތުގެ ލަގަން ދިވެހިންގެ އަތަށް އަލުން ރުޖޫޢަވާންޖެހޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.

މީގެ އިތުރުން ދަރަނި އަދާކޮށް އިގުތިސާދު އާރޯކޮށް ތަރައްގީގެ މަޝްރޫޢުތައް އަލުން ފަށަންޖެހޭކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.

އެ ކަންކަން އިސްލާހު ކުރުމަށް އޮތް ހައްލަކީ 2023 ގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ހޮވުން ކަމަށް ވެސް ޣައްސާންގެ ޓުވީޓުގައި ފާހަގަކުރައްވާފައިވެއެވެ.

ޣައްސާން މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން ސަރުކާރުގެ ކާމިޔާބީތައް ފާހަގަކޮށް، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ޓްވީޓް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.

Ads by Ooredoo
  1. އާދަނު

    ބައްޕާފުޅުވެސް ހުންނެވީ އެފާޅީގަ !!!