ޚަބަރު

ޕީޕީއެމް ވިލިމާލެ ޖަގަހައިގެ ބިއްރޫރިގަނޑު ތަޅާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ވިލިމާލޭގައި ހުންނަ ޕީޕީއެމް ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.

Ads by STELCO

މިކަމާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ނުލިބުން ނަމަވެސް ޕީޕީއެމްއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ބިއްލޫރިގަނޑު ތަޅާލާފައިވާ ފޮޓޯތައް ހިއްސާކުރަމުންނެވެ.

އެގޮތުން މި ފޮޓޯތައް ސޯޝަލް މީޑިއާއަށް ހިއްސާކުރި ފަރާތުން ވަނީ، މި އަމަލު ހިންގާފައި ވަނީ ހުކުރު ދުވަހުގެ ރޭ އެޕާޓީން ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާ ފެނި، "ހަޖަމް" ނުވެގެން "މޭކަރައިގެން" ކަމަށް ވެސް ބުނެފަ އެވެ.

މި މައްސަލާގައި މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ޕީޕީއެމުން ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. އަދި މި ދެއްކި ބޮޑު މަންޒަރުގެ ސަބަބުން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއް ސައިޒު ވެއްޖެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!