ޚަބަރު

ކައުންސިލް އިންތިހާބަށް 2،400 އަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން 2،400 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

Ads by STELCO

ރޭ އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައި ވަނީ 2،435 ކެންޑިޑޭޓުން ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލީ ވެރިކަން ކުރާ އެމްޑީޕީން ކަމަށާއި ދެން އެންމެ ގިނައިން ކުރިމަތިލީ އިދިކޮޅު ޕީޕީއެމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީން 876 ކެންޑިޑޭޓުން އަދި ޕީޕީއެމުން 679 ކެންޑިޑޭޓުން ވާދަކުރާނެކަން ޝަރީފް ހާމަކުރެއްވި އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު 680 އަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޖުމްހޫރީ، އަދާލަތު، އެމްޑީއޭ، އެމްއާރުއެމް، އަދި އެމްއެސްއެލްޑީޕީއިން ވެސް މި އިންތހާބަށް ކެންޑިޑޭޓުން ނެރެ އެވެ.

މީގެ އިތުރުން އިންތިހާބުގައި 12 ރަށެއްގެ 15 ގޮނޑިއަކަށް މީހުން ކުރިމަތިލާފައި ވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށް ޝަރީފު ވިދާޅުވި އެވެ. އެހެންކަމުން އިންތިހާބަކަށް ނުގޮސް އެ ގޮނޑިތަކަށް އިންތިހާބުވި މެންބަރުން ކަނޑައެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރެއިން 13 ގޮނޑިއެއް ކަށަވަރު ކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަނެއް ދެ ގޮނޑި ކަށަވަރު ކުރީ އަމިއްލަ ގޮތުން ކުރިމަތިލި ދެ ކެންޑިޑޭޓެކެވެ. އޭގެ ތެރޭގައި މާލެ ސިޓީ އާއި އައްޑޫ ސިޓީގެ ގޮނޑިތަކެއް ވެސް އުޅޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބަށް 1،817 މީހުން ކުރިމަތިލާފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ. އޭގެ ތެރެއިން އަންހެނުންގެ ކޮމިޓީއަށް 22 ރަށަކުން ސީދާ ގާނޫނީ އަދަދަށް، ބޭފުޅުން ކުރިމަތިލާފައިވާކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި އަންހެނުންގެ ކޮމިޓީ އިންތިހާބަށް އެއްވެސް މިންވަރަަކަށް ކުރިމަތި ނުލަނީ ދެރަށަކުންނެވެ. އެއީ ވ. ރަކީދޫ އާއި މ. ރަތް މަންދޫ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކުރުމަށް ގުރު ނެގުން ބާއްވަން ނިންމާފައި ވަނީ އަންނަ ހަފްތާ ބުދަ ދުވަހު އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!