ޚަބަރު

ހެލްތު މިނިސްޓްރީގެ 20 މަޝްރޫއުއެއް ލާމަރުކަޒީކޮށް ހިންގަން ކައުންސިލްތަކާ ހަވާލުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހެލްތު މިނިސްޓްރީން ރާއްޖޭގެ ރަށްތަކުގައި ކުރިޔަށް ގެންދަން ނިންމާފައިވާ 20 މަޝްރޫއުއެއް ލާމަރުކަޒީކޮށް ކައުންސިލްތަކާއި މިއަދު ހަވާލުކޮށްފިއެވެ.

Ads by MWSC

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ކޮންމެ ރަށެއްގެވެސް ކައުންސިލް މެމްބަރެކެވެ.

މަޝްރޫއުތައް ހިންގަން ހަވާލުކުރީ، ހއ. މާރަންދޫ، ހއ. ފިއްލަދޫ، ހއ. ވަށަފަރު، ހދ. ވައިކަރަދޫ، ހދ. މަކުނުދޫ، ހދ. ފިނޭ، ނ. ކެނދިކުޅުދޫ، ރ. ހުޅުދުއްފާރު، ރ. ވާދޫ، އއ. ފެރިދޫ، އދ. ދިގުރަށް، އދ. ދަނގެތި، މ. މުލައް، ލ. މާމެންދޫ، ގއ. މާމެންދޫ، ގއ. ދެއްވަދޫ، ގއ. ނިލަންދޫ، ގދ. ފިޔޯރީ، ގދ. މަޑަވެލި އަދި ސ. ހުޅުދޫގެ ކައުންސިލަށެވެ.

އެ ކައުންސިލްތަކާ ހަވާލުކުރި ގިނަ މަސައްކަތަކީ، ސިއްހީ މަރުކަޒަށް އިތުރުކުރާ ބައި ހެދުމުގެ ކަންކަމެވެ.

އެ ރަސްމިއްޔާތުުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ސިއްހީ ދާއިރާއިން އިސް ނަގަނީ ރައީސްގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް ނަމޫނާއަކަށް ވުމަށްޓަކައި ކަމަށެވެ. އެ މަޝްރޫއުތައް ކައުންސިލްތަކާ ހަވާލުކުރީ އިއުލާނުކުރެވޭ ހިސާބަށް ގޮސްފައި ކަމަށާއި ލަހެއް ނުވެ އެ މަޝްރޫއުތައް ގެންދާނެކަން ކަށަވަރުކުރާ ކަމަށް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ފަސް މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް ކައުންސިލް އަށް ކުރިޔަށް ގެންދެވޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!