ނޮޅިވަރަންފަރު އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ބަލަނީ

ހދ. ނޮޅިވަރަންފަރު އިސް މެޖިސްޓްރޭޓު ޢަލީ އަޙުމަދުގެ ސުލޫކީ މައްސަލައެއް ބެއްލެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން ނިންމަވައިފިއެވެ.
ޖޭއެސްސީން ވިދާޅުވީ އިސް މެޖިސްޓްރޭޓް ޢަލީ އަޙްމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ތަޚްޤީޤުކޮށް، އޭނާގެ މައްސަލަ ބެލުމަށް ކޮމިޓީން ނިންމަވައިފައިވާ ކަަމަށެވެ.
އެހެންކަމުން މި މައްސަލަ ބެލުމަށް، ތަހުޤީޤު ކޮމިޓީ އެކުލަވާލާފައިވާ ކަމަށްވެސް ޖޭއެސްސީން މައުލޫމާތުދެއްވައެވެ.