ޚަބަރު އެޑްވަޓޯރިއަލް ވިޔަފާރި

އަމްރުއާއެކު އެސްޓީއޯގެ ކާބިޔާބު 4 އަހަރު!

ރައުފާ ރަޝީދު ، ދެން އޮންލައިން

ވޭތުވެ ދިޔަ 4 އަހަރަކީ އެސްޓީއޮގެ ދިގު ތާރީހުގައި ފާހަނަކޮށްލެވޭ ކުރިން ނުދެކޭފަދަ ކާމިޔާބު އަދި ފައިދާ ބޮޑު 4 އަހަރެވެ.

Ads by STELCO

މި 4 އަހަރުގެ ތެރޭގައި އެސްޓީއޯއިން ވަނީ ގިނަ މަޝްރޫއުތަކެއް ފަށާ، ރައްޔިތުންނާ ހަމައަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ. ރައްޔިތުންގެ ގިނަ ބޭނުންތައް ފުއްދައިދީ ގައުމަށް އެކި ގޮތްގޮތުން ތަރައްގީ ގެނައުމަށް މަގުފަހި ކޮށްދީފައެވެ. ވަކި ރަށެއް ވަކި ދާއިރާއެއް ބެލުމެއްނެތި ހަމަހަމަކަމާއެކު ރައްޔިތުންނާއި ގާތުން ގުޅިގެން އެތައް މަސައްކަތެއް އެސްޓީއޯއިން ވަނީ ކޮށްފައެވެ.

އެގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި 7 ޖެނުއަރީ 2019 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި އެސްޓީއޯއާއެކު، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ސަރުކާރުގެ ނާސްތާ ޕްރޮގްރާމުގެ ދަށުން ޑެވަންޑޭލް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވެއެވެ. މި ޕްރޮޖެކްޓް ވެގެން ދިޔައީ އެސްޓީއޯއިން ސްކޫލްތަކުގެ ދަރިވަރުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވުނު މަސައްކަތަކަށ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. 

މީގެ އިތުރުން އެސްޓީއޯއިން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓިއޯގެ ފާމަސީ އެއް ހުޅުވާފައިފައެވެ. އަދި އެސްޓީއޯގެ މެންޑޭޓުގެ މައިގަނޑު އެއް އަސާސްކަމުގައިވާ ރާއްޖޭގެ ފުޑް ސެކިއުރިޓީ ދެމެހެއްޓުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކާޑުގެ ބާވަތްތައް ހުސްނުވެ ހަމައަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެސްޓިއޯ ސްޓޭޕްލްސް އެޖެންޓުން އައްޔަންކުރަން ވަނީ ފަށާފައެވެ. 
އެސްޓީއޯގެ މުވައްޒަފުންނަށް 6 މަސް ދުވަހުގެ މެޓާރނިޓީ ލީވް ދިނުމަށް ވެސް ފާސްކޮށްފައިވެއެވެ. އަދި 2020 ވަނަ އަހަރަކީ އެސްޓީއޯއިން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށާއި، އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ކޯސް ހެދުމުގެ ފުރުސަތު އެސްޓީއޯއިން އާންމުންނަށް ފަހި ކޮށްދީފައިވާ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. 
މީގެ އިތުރުން ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ގޮތުން ސެންޓްރަލް ސްޓެރައިލް ސާރވިސެސް ޑިޕާޓްމެންޓު ސެޓްއަޕް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ފޯރުކޮށްދނުމުގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނަރއެއް އެސްޓީއޯއިން ވަނީ އިންސްޓޯލްކޮށްދެއްވާފައެވެ. އެސްޓީއޯއިން ވަނީ 4 ހޮސްޕިޓަލް ޕްރޮޖެކްޓުގެ ދަށުން ހދ. ކުޅުދުއްފުއްޓަށް އެމްއާރުއައި ޑައިގްނޯސްޓިކް އިކުއިޕްމެންޓު ހަދިޔާކޮށްދީފައެވެ. 
އަދި ކޮވިޑް 19ގެ ތެރޭގައި، އެސްޓީއޯއިން ވަނީ ހާއްސާ ރިކުއެސްޓުތަކަށް ރާއްޖެއިން ބެރުން ބޭސް ގެނެވޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ. މި ހިދުމަތް ވެގެންދިޔައީ ރާއްޖެއިން އާއްމުކޮށް ލިބެންނުހުންނަ ބޭސް ބޭނުންކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ފަސޭހައަކަށެވެ. މީގެ އިތުރުން އާއްމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އޮންލައިން ފޯމު މެދުވެރިކޮށް ބޭސް ސިޓީ ފޮނުވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެެވެ. 
ކޮވިޑްގެ ތެރޭގައިވެސް އެސްޓީއޯއިން ވަނީ ހުއްޓުމެއްނެތި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ލޮކްޑައުންއާ ގުޅިގެން ފުޑްކޯޓުތަކުގައި ވިޔަފާރި ކުރަމުން އައި އެސްއެމްއީސްތަކަށް ދިމާވި ދަތިތަކުން އަރައިގަތުމަށް އެސްޓީއޯއިންވަނީ ލީސް އެސިސްޓެންސް ފޯރުކޮށްދީފައެވެ. ހަމަމިއާއެކު ކޮވިޑް ޕޭޝަންޓުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން، ތާޖުއްދީން ސްކޫލުގައި 19 ބެޑްގެ ސެޓްއަޕް އެއް ކުރުމުއްދަތެއްގެ ތެރޭގައި ހަމަޖައްސާފައިވެއެވެ. 
އަދި ކޮވިޑް ފެސިލިޓީސް ގާއިމުކުރުމަށް ބޭނުންވާ ކޮންސްޓްރަކްޝަން ތަކެތި އެސްޓީއޯއިންވަނީ ފޯރުކޮށްދީފައެވެ. ކޮވިޑް-19 ފެސިލިޓީތަކުގައި މެޑިކަލް އިކިއުޕްމަންޓު ހަރުކުރުމުގެ އިތުރުން 2020 ވަނަ އަހަރުގެ މާރޗް މަހު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގް ގާއިމުކޮށްފައިވެއެެވެ. އެ އަހަރުގެ އޭޕްރިލް މަހު އެމްއެސްއެސްގެ ފުރަތަމަ ޝިޕިންގ ވެސަލް އައިބީރިއަން އެކްސްޕްރެސް މާލެ ގެނެސްފައިވެއެވެ. 
2020 ވަނަ އަހަރު އެސްޓީއޯއިން އޮންލައިން ޝޮޕިންގއަށް މަގު ފަހިކޮށްދެވި، އީ-ސްޓޯރ ފަށައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފާމަސީއެއް ހުޅުވާފައިވެއެވެ. ބަސް ޓަރމިނަލްއެއް މާފަންނުގައި ޤާއިމްކޮށްދީ
އެސްޓީއޯއާ މިނިސްޓްރީ އޮފް ހެލްތުއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، 96 އެމްބިއުލަންސް ގެނެސް، ރާއްޖޭގެ ރަށްރަށަށް ޑެލިވަރކޮށްދީފައިވެއެވެ. 
އަދި ތެރަޕިއުޓިކް ސެކްޓަރއިން ދިވެހިން ތަމްރީންކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން 3 ދަރިވަރަކަށް ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެސްޓީއޯ އިން ސްޕޮންސަރ ދީފައިވެއެވެ. ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެސްޓީއޯ އާއި ޓިވެޓް އާއެކު އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގެރާމްގެ އެމްއޯޔޫ ގައި ސޮއިކޮށް 5 އޭޕްރީލް 2021 ގައި މިނިސްޓްރީ އޮފް ހެލްތު، ނޭޝަނަލް ޔުނިވަރސިޓީ، އަދި ޖީއީ ހެލްތުކެއާ ގުޅިގެން ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސް ހިންގުމަށް އެސްޓީއޯއިން އެއްބަސްވެފައިވެއެވެ. 
2021 ވަނަ އަހަރު ނޮވެންބަރ މަހު އެމްވީ އެމްއެސްއެސް ގަލޭނާ ވަނީ މާލޭގެ ކޮމާޝަލް ހާރބަރަށް ބަނދަރުކުރެވިފައެވެ. އަދި ދަނޑުވެރިން އުފައްދާ މުދާ ފައިދާވާނެ އަގުތަކެއްގައި ވިއްކުމަށް މަގުފަހި ކުރުމުގެ ގޮތުން އެސްޓީއޯ އެގްރިސެންޓަރ ވަނީ ގާއިމުކޮށްފައެވެ. އަދި ތޮއްޑޫ އެގްރިސެންޓަރުގެ ހިދުމަތް ފަށައި އެސްޓީއޯ ފާމަސީތަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލާ، ކަރުދާސް ކޮތަޅުތަކުގައި ބޭސް ދޫކުރަން ފެށާފައިވެއެވެ. 
ތިމާވެއްޓާއި ރައްޓެހި ސިމެންތި ތަޢާރަފްކޮށް މިނިމަމް ވޭޖްގެ މިންގަނޑުތަކަށް ފެތޭގޮތަށް މުވައްޒަފުންގެ މުސާރަ ދިނުމަށް އެސްޓީއޯއިން ނިންމާފައިވެއެވެ. އަދި އެސްޓީއޯ މުވައްޒަފުންގެ މުސާރަ އޮނިގަނޑަށް ހެޔޮ ބަނދަލުތަކެއް ގެނެވިފައިވެއެވެ. އަދިނ"އިވޯވް" ޑިޖިޓަލް ބޭންކިން އޮޕަރޭޓުކުރުމުގެ ލައިސެންސް ހޯދުމަށް އެމްއެމްއޭ އަށް ހުށަހަޅައި އެސްޓީއޯގެ ފުށް ފެކްޓްރީގެ މަސައްކަތް ފެށައިފައިއެވެ.
އެސްޓީއޯއިން ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގައި ސޮއިކޮށްފައެވެ. ރާއްޖެ އެތެރެކުރާ ތެލުގެ ކޮލިޓީ ޓެސްޓްކުރާ ފިއުލް ޓެސްޓިންގ ލެބޮޓަރީއެއް ގާއިމްކުރުމުގެ އިތުރުން އެސްޓީއޯ ޕީސީ އަދި ކޮންސްޓްރަކްޝަން އޭޖެންޓުންނަށްވުމަށް ހުޅުވާލެވުނު ފުރުސަތުގެ ދަށުން، މިއަދު ޖުމްލަ 207 އެސްޓީއޯ ޕީ.ސީ އޭޖެންޓުން އަދި 65 ކޮންސްޓްރަކްޝަން އޭޖެންޓުން މިހާރު ތިބިކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ. 
އަދި ޒަމާނީ ފެންވަރަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާރޓް ބަދަލުކޮށް، ރެކް އަދި ސްޕޭސް ލީސިންގ ތަޢާރަފްކޮށް ތިލަމާލެ ބްރިޖަށް ރެޑީ މިކްސް ސަޕްލައިކޮށްދިނުމަށް އިންޑިޔާގެ އެފްކޮން ކުންފުންޏާއެކު މެއި 2022 ގައިނއެސްޓީއޯއިން ސޮއިކޮށްފައިވެއެވެ. މީގެ އިތުރުން ޖޫން 2022 ގައި އެސްޓީއޯއިން ވަނީ މަކީޓާ ޓޫލްސްއަށް ހާއްސަ ފިހާރައެއްހުޅުވާފައެވެ. 
2022 ގެ ޖުލައި މަހުގެ ތެރޭގައި އެމް.އެސް.އެސް ގްރެފީންއާއި ހަވާލުކޮށް މުވައްޒަފުންނަށް ހާއްސަކޮށް އެކިއެކި ޕްރިވިލެޖްތައް ލިބޭ ޕްރޮގްރާމެއްވެސް އެ ކުންފުނިން ފަށާފައިވެއެވެ. އަދި މެޑިކަލް ސެގްމަންޓްގެ ތާރީޚުގައި އިންޓަރނެޝަނަލް ޓްރޭޑެއް، މޮރިޝަސްގެ ކުންފުންޏަކަށް މި އަހަރުގެ ތެރޭގައި ހަމަޖެއްސުުމުގެ އިތުރުން އަލަށް ވިހާ ކުދިންނަށްދޭ ހަދިޔާ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ ހުރިހާ ރީޖަނަލް އަދި ސިޓީ ހޮސްޕިޓަލްތަކުގައި ޕްރޮގްރާމެއް ވަނީ ފަށައިފައެވެ.

މިއީ އެސްޓީއޯގެ ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައި ފާހަނގަކޮށްލެވޭ ކުރިއެރުންތަކެވެ. މިފަދަ ގިނަ މަޝްރޫއު ތަކެއްގެ މަސައްކަތް އަދިވެސް ހުއްޓުމެއްނެތި އެސްޓީއޯއިން ދަނީ ކުރަމުންނެވެ. ރައްޔިތުންނާ ގައުމަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ފޮރުކޮށްދިނުމުގެ މަސައްކަތް އެސްޓީއީއިން ދަނީ ކުރަމުންނެވެ.

 

Ads by Allied Insurance
  1. ާއަލީ

    ބަންގާޅު ވަގު މުހައްމަދު (ހުސެން ދުލާލު) ޢާ ޑީލްހަދައިގެން އަމުރު ބޮޑު ވައްކަމެއް އެބަ ހިންގާ ވަރައްއަވަހައް މިކަން ފަޅާއަރާނެ