ޚަބަރު

ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި އެހީވުމަށް ރާއްޖެއާއި ތުރުކީން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކާރިސާއާއި ކުއްލި ހާލަތްތަކުގައި އިޖާބަ ދިނުމުގައި އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި ތުރުކީވިލާތުން ސޮއިކޮށްފިއެވެ.

Ads by Sosun Fihaara

ރާއްޖޭގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ

މި އެމްއޯޔޫގެ ދަށުން މައިގަނޑު 4 ދާއިރާއަކުން ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

އޭގެ ތެރޭގައި ކާރިސާއާއި ކުއްލި ހާލަތްތަކުގައި އިޖާބަދިނުމުގައި އެހީއަށް އެދިއްޖެނަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުން، ކާރިސާތަކާއި ކުއްލި ހާލަތްތަކަށް އިޖާބަ ދިނުމުގައި ދަސްވެފައިވާ ކަންކަމާއި ކުރެވިފައިވާ ތަޖުރިބާ އަދި މިދާއިރާގެ ބެސްޓް ޕްރެކްޓިސް ދެފަރާތުގެ ދެމެދުގައި ޙިއްސާކުރުން ހިމެނެއެވެ.

މީގެ އިތުރުން ދެޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ދާއިރާގެ ފަންނީ ބޭފުޅުންގެ ތަޖުރިބާ ޚިއްސާކުރުމަށް އެކްސްޗޭންޖް ވިޒިޓް ކުރިއަށްގެންދިއުމާއި ކާރިސާތަކަށް ތައްޔާރުވުމާއި، އިޖާބަދިނުމުގެ ދާއިރާތަކުން ތަމްރީން ޕްރޮގްރާމްތައް ހިންގުންވެސް ހިމެނެއެވެ.

މި އެއްބަސްވުމުގައި ތުރުކީގެ އާފާޑްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން ޔޫނުސް ސެޒަރއެވެ. ރާއްޖޭގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިން ހިސާން ހަސަންއެވެ.

Ads by HDC
  1. ދިވެހި ޤައުމު ބާރަށް ކުރިޔަށް !