ޚަބަރު

ޕާކިސްތާނުން ރާއްޖެއައި މީހެއްގެ ލަގެޖްގައި 21 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވައިގެ މަގުން ޕާކިސްތާނުން ރާއްޖެ އައި އެ ގައުމުގެ ރައްޔިތެއްގެ އަތުން 17.26 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

Ads by Sosun Fihaara

ކަސްޓަމްސް އިން ބުނީ، މި މަސްތުވާތަކެއްޗަކީ ސެޕްޓެމްބަރު 18 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 30 އަހަރުގެ ޕާކިސްތާން ފިރިހެނެއްގެ ލަޖެގުން އަތުލައިގެން މަސްތުވާތަކެތި ކަމަށެވެ. އެ މީހާގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ވަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އަދި އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރި އިރު ވަނީ ހެރޮއިން އަށް ޕޮޒިޓިވް ވެފައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ. 17.26 ކިލޯގެ ހެރޮއިންގެ މަގުމަތީ އަގަށް 21 މިލިއަން ރުފިޔާ އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ. އަދި އަތުލައިގެން މަސްތުވާތަކެއްޗާ އެކު އެމީހާ ވެސް ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ ހަ ވަނަ ފަހަރެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 55.405 ކިލޯގެ ހެރޮއިން ވަނީ އަތުލައިގެންފައެވެ.

Ads by HDC
  1. ތިއެއްޗެއްހި އަގުމަގު ކުރާގޮތްވެސް މޮޅޭ ދޯ ! ތިޔައީ އެއްވެސް އަގެއްހުރި އެއްޗެއްތޯ !