ޚަބަރު ސިޔާސީ

ޕާޓީތަކުގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަނޑި ހޯދުން: ޢުމަރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސިޔާސީ ޕާޓީތަކުގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަނޑި ހޯދުންކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލް އަޤްވާމީ ދުވަހާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޢުމަރު ވިދާޅުވީ ކޮރަޕްޝަން މިއަދު މިވަނީ ދައުލަތުގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއަށް އަށަގަނެފައި ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަނޑި ހޯދުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮރަޕްޝަން ގެ ކެންސަރުން ދައުލަތް ސަލާމަތް ކުރެވޭނީ އިސްލާމީ ޝަރީއަތުގައި ވައްކަންކުރާ މީހުންނަށް އޮތް ޙުކުމް ތަންފީޒު ކުރެވިގެންކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

ޢުމަރު އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތު އޭނާގެ ބޮލުގައި އެޅުވުމަށް ވޭތުވެދިޔަ ހަތް އަހަރުގައި ދެ ސަރުކާރުން ކުރެއްވި މަސައްކަތް ނާކާމިޔާބުވެ ''ހުދުވަލުގެ'' ހުދުކަން ސާބިތުވެފައިވާ ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައިސްފައިވަނީ ކޮރަޕްޝަނާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް ވެރިކަމަށް އައިފަހުން ކޮރަޕްޝަނަށް ގިނަ މަސައްކަތްތަކެއް ކުރިތަނެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެހެންވެ، ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއެވެ.

Ads by HDC
  1. ނާޅި

    ދައުލަތުގެ ތިޖޫރީގެ ތަޅުދަޑި ހޯދާ ސިޔާސީ ވަފާތެރި ކެހިވެރިން، ތަޅުދަޑި ހޯދައިގެން ޖީބު މުއްސަދި ކުރުން !