ޚަބަރު އިޖުތިމާޢީ

އަގު ބޮޑު ގުރައެއް ވަގަށް ނެގި މީހަކު ހޯދަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އަގު ބޮޑު ގުރައެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އިއުލާނު ކުރައްވައިފިއެވެ.

Ads by STELCO

ބައިސްކަލެއްގައި ދުއްވާފައި ދާ ފިރިހެނެއްގެ ފޮޓޯއެއް ޢާންމުކުރައްވައި ފުލުހުންގެ އިދާރާއިން މިއަދު ވިދާޅުވީ ފޮޓޯއިން ފެންނަ މީހާއަކީ މިދިޔަ އޮގަސްޓުމަހުގެ އަށްވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ބިސްބުރު ކައިރި, ޖަވާހިރު ހިނގުމުން 3500 ރުފިޔާގެ އަގުހުރި ގުރައެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހެއް ކަމަށެވެ.

ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން އޭނާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވައިފައެވެ.
އެދެމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!