ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިއްޔެ، ކްރިމިނަލް ކޯޓުން ކުރެއްވި ޙުކުމް އަދިވެސް ނުލިބޭތީއާއި ޙުކުމްގެ ވީޑިއޯ، ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލުން ނުފެންނާތީ ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމާއެކު ލީޑަރޝިޕް، ކްރިމިނަލް ކޯޓު ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.
ވ.އާރަށް މައްސަލައިގައި ދަޢުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ރިޝްވަތު ޤަބޫލުކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު، އަދިވެސް ޙުކުމާ ހަމައަށް ވާސިލުވި ގޮތް، ވަކީލުންނާ ހިއްސާ ނުކުރައްވައެވެ.
ރައީީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ފޭސްބުކްގައި ވިދާޅުވީ އަދިވެސް ޙުކުމް ހަވާލު ނުކުރާއިރު، ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންތައް ބުނާގޮތުން، ޙުކުމް އިއްވާ ދުވަހު، ޙުކުމަށް ވާސިލުވި ސަބަބާ، ޙުކުމް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ، ޝަރީއަތް ނިމުނު ގޮތް، ކޮންމެ ޚަސްމަކަށް ޙަވާލު ކުރަން ޖެހޭނެ ކަމަށެވެ.
އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިއްޔެގެ ޝަރީޢަތުގެ ލައިވް ސްޓްރީމް ޔޫޓިއުބުން މިހާރު ނަގާފައިވާ ކަމަށާއި ނަމަވެސް ވަކީލުންގެ އަތުގައި އިއްޔެގެ ޝަރީޢަތުގެ ވީޑިއޯ އެބަ އޮތް ކަމަށެވެ.
އިއްޔެގެ ޝަރީޢަތް ރާއްޖޭގެ ގިނަ މީޑިއާ ތަކަކުން ވެސް ލައިވް ކުރިކަން ފާހަގަ ކުރައްވާ ޝަމީމް އިތުރަށް ވިދާޅުވީ ޙުކުމުގެ ކޮންމެ އަކުރެއް ވަކިން ބަލައި ޗެކު ކުރެވޭނެ ކަމަށެވެ.
ތި ވަކީލަށްވެސް އެގޭނެ ހަގީގަތް. ދުވަހެއް އެބަ އޮތް ކަންހަދާން ކުރާދި އެދުވަހުން ނޯ ބަހަނާ
ގަނަގާނެތްނު ދޮގުހެދުނުވަރުން އެޑިޓްކުރަން،ޝަކީލްގެ މުޅި އޢަިލާ އަށް ދައުލަތުގެ ބޮޑެތި ވަޒީފާތަކުގައި.
ތިޔަވާހަކަަ ދައްކާާ މީހުންނަކީީ ހަމަބޯހަޖެހޭބައެއްބާ
ތިޔަކަލޭގެެ ހަމަަ އެހާާ ހުދުސާފްބާ
ޔާމިނަކީ އެއްވެސް އިރަކު ސާފު މީހެއްނޫން. މުޅި އުމުރު ހޭދަކޮށްލީ ވައްކަމާއި، މަސްތުވާ ވިޔަފާރި އާންމުކޮށް އެއިން ފައިދާ ހޯދުމުގަ. އިއްޔެ މެންދުރުގެ ޒުވާނުންނަށް މިކަންކަން ނޭގުނަސް ރާއްޖޭގެ މާލޭގެ ގިނަބަޔަކު ގާތުން ދެކިފަ ހުރި ކަންކަންމިއީ. އެހެންވީމަ ކުރި ހުކުން އަދި ކުޑައީއޭ ދެންނެވުން ކުށަކަށް ނުވާނެ. ދޮގުހެދިދާނެ، އެކަމަކު މިބުނި ހަގީގަތަކީ ބަދަލުވާނެ އެއްޗެއް ނޫން.