އެޑްވަޓޯރިއަލް ވިޔަފާރި

ސްޓެލްކޯގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްޓެލްކޯގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިއަދު  ބާއްވައިފިއެވެ.

މި ޖަލްސާގައި ވަނީ ވޭތުވެދިޔަ 2021 ވަނަ އަހަރު ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި، ކުންފުނީގެ މާލީ ހިސާބުތައް އަދި ކުންފުނީގެ ކުރިމަގާ މެދު އަލިއަޅުވާލާފައެވެ.  

އެގޮތުން ދުނިޔެއަށް ދިމާވި ބަލިމަޑުކަމުން އަރައިގަތުމަށާއި ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާ ގުޅިގެން ދިމާވި އެކި ގޮންޖެހުންތަކާއެކުވެސް، ކުންފުނީގެ މާލީ ހާލަތު ދެމެހެއްޓިފައިކަން ފާހަގަ މި ޖަލްސާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ކޮވިޑްގެ ދަތި ހާލަތުގައި އެކި ވަރުގެ އެހީތެރިކަން ކުންފުނީގެ ފަރާތުން ސަރުކާރާއި، ރައްޔިތުންނަށް ފޯރުވައިދީފައިވާ ކަމަށާއި 2023 ވަނަ އަހަރަށް ކުންފުނިން ލަފާ ކުރާ ބަޖެޓްވެސް މި ޖަލްސާގައި ހުށަހަޅާފައިވެއެވެ.

ސްޓެލްކޯގެ މިހާރުގެ އަމާޒަކީ ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމަށާއި، ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުމެވެ. އަދި އެ ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ 35 އިންސައްތަ ހަކަތައަކީ، އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީވެސް އަމާޒެކެވެ. 

މީގެ އިތުރުން ތެލަށް ކުރާ ހޭދަ ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް އިޔާދަ ކުރަނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތައް ތަޖުރިބާ ކުރުމާއި ކުންފުނީގެ ވިޔަފާރި ޑައިވަރސިފައިކޮށް ސޭލްސް ސެންޓަރާއި ސާވިސް ސެންޓަރުގެ ވިޔަފާރި އިތުރަށް ފުޅާކޮށް އިތުރު ވިޔަފާރިތައް އެކްސްޕްލޯކޮށް، އޭގެން ލިބޭ ނަފާއިން ކަރަންޓުގެ ޓެރިފްތައް ކުޑަކުރުމަކީވެސް އެ ކުންފުނީގެ އަމާޒެކެވެ. 

ސްޓެލްކޯއިން ވަނީ ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސިކްސްތް ޕަވަރ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ ގޮތުގައި 70 މެގަވޮޓްގެ ޕަވަރޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައެވެެ. އަދި ގްރޭޓާ މާލޭ އިންޓަރކަނެކްޝަން ގްރިޑްގެ ފޭސް 2ގެ މަސައްކަތް ފަށައި މާލެއާއި ވިލިމާލެއާއި ތިލަފުށީގެ އިތުރުން ގުޅީފަޅު އެއް ވިއުގައަކުން ގުޅުވާލުމަށްވެސް ވަނީ ނިންމާފައެވެ. 

މީގެ އިތުރުން އެ ކުންފުނީގެ އެކްސްޓާރނަލް އޮޑިޓަރުގެ ގޮތުގައި، ކްރޯ މޯލްޑިވްސް ހަމަޖެއްސުމަށް ނިންމާފައިވެއެެވެ.

ސްޓެލްކޯއިން ވަނީ އެނާރޖީ މެނޭޖްމަންޓް ސިސްޓަމްއެއްގެ މަސައްކަތް ފިންލޭންޑްގެ ވާރޓްސިލާއާއި ގުޅިގެން ފަށާފައެވެ. މި ސިސްޓަމް ގާއިމް ކުރެވުމާއި އެކު ޓެކްނިކަލް މައްސަލަތައް ދިމާވެ ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. 

2020 ވަނަ އަހަރާއި އަޅާބަލާއިރު ސްޓެލްކޯގެ ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ޑިއުރޭޝަން (SAIDI) 30 އިންސައްތަ އިމްޕްރޫވް ވެފައިވާއިރު، ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ފްރިކުއެންސީ އިންޑެކްސް (SAIFI) ވަނީ 26 އިންސައްތަ އިމްޕްރޫވްވެފައެވެ. 

މި ޖަލްސާގައި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ ސްޓެލްކޯގެ މަސައްކަތްތަކުގައި ސަރުކާރުން އަދި ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެއްވާ އެއްބާރުލުން ފާހަގަކޮށް ރައީސަށް ޝުކުރު ދަންނަވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!