ޚަބަރު

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި ސާދަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެކުއްޖާގެ ދޮން ބައްޕަ ފުލުހުން ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރު ދިވެހި ފިރިހެނެކެވެ. މި މައްސަލަ ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ. ފުލުހުން ބުނީ ކުޑަކުދިން ހިމެނޭ މައްސަލަތަކަކީ ފުލުހުން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ. ނަމަވެސް ކުދިންގެ އަތޮޅާއި ރަށް ހާމަ ނުކުރަނީ އެކުދިންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލަތައް އިތުރުވެފައި މިވަނީ ދާދިފަހުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ ކާފަ އަދި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ. އެ މައްސަލާގައި އެ ދެމީހުން ހައްޔަރުކޮށްފައިވާއިރު މިހާރު ވަނީ މައްސަލައިގެ ޝަރީއަތްވެސް ފަށާފައެވެ. އެ މައްސަލާގައި ދައުލަތުން ވަނީ އެކުއްޖާގެ މައިންބަފައިންގެ މައްޗަށްވެސް ދައުވާ ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!