ޚަބަރު

މި މަހުގެ 13 ވަނަ ދުވަހު ޖޭޕީގެ ޖަލްސާއެއް ކާނިވަލުގައި

ދެން އެމްވީ ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީގެ ޖަލްސާއެއް ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

"ދީނާއި ގައުމުގެ ދިފާއުގައި"ގެ ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ޖަލްސާއަށް ކާނިވާ ސަރަހައްދު ހޯދުމަށްޓަކައި އެޕާޓީން މިހާރު ވަނީ ޕްލޭނިން މިނިސްޓްރީގައި އެދިފައެވެ.

މި ޖަލްސާ އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހުންނެވީ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީންއެވެ. ޔާމީން ވިދާޅުވީ ޖޭޕީއަކީ ބަސް ބުނަން ޖެހިއްޖެ ހިނދެއްގައި އަބަދުވެސް ބަސް ބުނާނެ ޕާޓީއެއް ކަމަށެވެ. އަދި ވިދާޅުވީ އެޕާޓީގެ މައިގަނޑު މަސްދަރަކީ އަބަދުވެސް އިސްލާމްދީނާއި ދިވެހި ގައުމު ކަމަށެވެ.

މި ޖަލްސާގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެޕާޓީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުންވެސް އޮންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޖޭޕީގެ ޖަލްސާއެއް ކާނިވަލުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު މިދިޔަ މަހުގެ ފަހު ދެ ހަފްތާގެ ހުކުރު ދުވަހު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަދި އެއަށްފަހު އިދިކޮޅު ޕީޕީއެމްގެ ޖަލްސާއެއް ވަނީ ކާނިވަލުގައި ބާއްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!