ލައިފްސްޓައިލް

ވުޟޫ ކުރުމަކީ ކޮރޯނާ ވައިރަހުން ދުރުވުމަށް ކުރެވޭނެ މުހިންމު ކަމެއް

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމައެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ވާހަކައަކީ މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައެވެ. މި ވައިރަހުގެ ސަބަަބުން 3000 މީހުން މަރުވެފައިވާއިރު މި ބަލިން ރައްކާތެރިވާނޭ ގޮތްތަކުގެ ވާހަކަ ޑޮކްޓަރުން އަދި ކަމާ ބެހޭ ފަރާތްތަކުން އަންނަނީ މެދުނުކެނޑި ދައްކަމުންނެވެ. މިގޮތުން ރައްކާތެރިކަމުގެ މާސްކު އެޅުމާއި އަތް ދޮވުމަކީ ފާހަގަ ކޮށްލަން ޖެހޭ ދެކަންތަކެވެ.

Ads by Sosun Fihaara

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަތް ދޮވުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި ޑޮކްޓަރުން ފާހަގަ ކުރެއެވެ. ކަން މިހެން އޮތް އިރު އަހަރެމެން މުސްލިމުން ކޮންމެ ދުވަހަކު ކުރާ ވުޟޫ އަކީ ވެސް މި ވައިރަހުން ރައްކާތެރިވުމަށް ކުރެވޭނެ މުހިންމު ކަމެއް ކަމުގައި ގިނަ ދިނީ އިލްމުވެރިން ދަނީ ފާހަގަ ކުރަމުންނެވެ.

އަހަރެމެން ދުވާލަކު ފަސް ނަމާދު ކުރަމުއެވެ. އަދި ކޮންމެ ނަމާދެއްގެ ކުރިން ވުޟޫކުރަމުއެވެ. އަދި ކޮންމެ ވުޟޫއެއްގައި ރަނގަޅަށް ދެ އަތްތިލަ ދޮންނަމުއެވެ. މީގެ އިތުރުން ނިދުމުގެ ކުރީން ވެސް ވުޟޫ ކުރުމަށް މާތް ރަސޫލާގެ ސުންނަތުގައި ވެއެވެ. ގިނަ ގިނައިން ވުޟޫ ކުރުމަކީ ނޭނގި ނަމަވެސް ކޮރޮނާ ވައިރަހުން ވެވޭ ރައްކާތެރިކަމެކެވެ.

ހަމަކަށަވަރުން ވުޟޫ އަކީ މާތް ﷲ ތަހާރަތުގެ ތެރެއިން ލެއްވި ވަރަށް މާތް އަޅުކަމެކެވެ. ވުޟޫކޮށް ނަމާދު ކުރާ ހާލު އަހަރެމެން އެންމެންވެސް ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ދުއާ ކުރުން ގިނަ ކުރަން ހިނގާށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!