އެމެރިކާ ދުނިޔެ

މީގެ 54 އަހަރު ކުރިން ގެއްލުނު ވޮލެޓެއް ފެނިއްޖެ

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އެމެރިކާގެ ވެސްޓް ވާޖީނިއާގެ އަންހެނެއްގެ އަތުން ގެއްލުނު ވޮލެޓެއް ގިނަ ދުވަސްތަކަކަށްފަހު ފެނިއްޖެއެވެ. މީގެ ގާތްގަނޑަކަށް 54 އަހަރު ކުރިން މި ވޮލެޓް އޭނާގެ އަތުން ގެއްލިފައިވަނީ ސްކޫލްގައި އޭނާ ހުށަހެޅުމަށް ތައްޔާރުވަމުންދިޔަ ނެށުމުގެ ޙަރަކާތެއްގެ ތެރެއިންނެވެ.

Ads by Sosun Fihaara

ޝެރޮން ޑޭ ނަމަކަށްކިޔާ މި އަންހެންމީހާ ބުނެފައިވާ ގޮތުގައި 1968 ވަނަ އަހަރު ފެޔެޓްވިލް ހައި ސްކޫލްގައި ބޭއްވި ނެށުމުގެ ޙަރަކާތެއްގެ ތެރެއިން އެ ވޮލެޓް ގެއްލުނުއިރު އޭނާގެ އުމުރަކީ އެންމެ 16 އަހަރެވެ. އަދި ވޮލެޓް ގެއްލުމުން ދެރަވިކަށާއި، ނުފެނި ގިނަ ދުވަސްތަކެއް ވުމުން ވޮލެޓާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިދާނެކަމަށް އޭނާ ދުވަހަކުވެސް އުންމީދު ނުކުރާ ކަމަށެވެ.

2019 ވަނަ އަހަރު އެ ސްކޫލް ދާއިމީކޮށް ބަންދުކުރުމުން އެމެރިކާގެ ނިއު ރިވާ ކޮންޓްރެކްޓިންގެ ފަރާތުންވަނީ އެ ސަރަޙައްދުގައި އެޕާޓްމަންޓްތަކެއް ހެދުމުގެ މަސައްކަތް ފަށާފައެވެ. އެ ކުންފުނީގެ ވެރިޔާ ބްރެޑްލީ ސްކޮޓް ބުނިގޮތުގައި މަސައްކަތްތައް ކުރަމުންގޮސް އެ އިމާރާތުގެ ތެރޭގައި ހަރުކޮށްފައިވާ ހޮޅިއެއްގެ ނައްޓާލުމާއެކު އޭގެ ތެރެއިން ވޮލެޓެއް ވެއްޓުމުން މަސައްކަތްކުރަން ތިބި މުވައްޒަފުންނަށް ހައިރާންކަމެއް ލިބުނެވެ.

އެ ހޮޅި އިމާރާތުގައި ހަރުކޮށްފައި އޮންނަތާ އެތައް ޒަމާނެއް ވެފައިވާ ކަމަށާއި އެ ނައްޓާލުމުން އޭގެ ތެރެއިން  ގިނަ ދުވަސްތަކެއް ވަންދެން ގެއްލިފައި ހުރި އިތުރު ސާމާނުތަކެއް ފެނިފައިވާ ކަމަށްވެސް ސްކޮޓް ބުނެފައިވެއެވެ.

ވޮލެޓްގައި ފެނުނުއިރު އޭގައި ވެރިފަރާތުގެ ފޮޓޯ އާއި ސޯސަލް ސެކިއުރިޓީ ކާޑެއް އޮތެވެ. އެހެންކަމުން އޭގެ ވެރިފަރާތް ހޯދިފައިވަނީ ސޯޝަލް މީޑިއާގައި އެ މަޢުލޫމާތު ހިއްސާކޮށްގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!