ދުނިޔެ

ވޮއިސް އޮފް ގްލޯބަލް ސަމިޓް މިފަހަރު އިންޑިއާގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އައު އަދި ތަފާތު އިނީޝިއޭޓިވްއެއްގެ ދަށުން އިންޑިއާއިން ހާއްސަ ވާޗުއަލް ސަމިޓެއް ބޭއްވުމަށް ހަމަޖެއްހިއެވެ. މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 12-13 ޖެނުއަރީ 2023 ގައެވެ.

Ads by WAMCO

"އަޑުގެ އެއްބައިވަންތަކަން، މަޤްޞަދުގެ އެއްބައިވަންތަކަން" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި "ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓް" ގެ މަގްސަދަކީ ސައުތުގެ ގައުމުތައް އެއްތަނަކަށް ގެނެސް، އެ ގައުމުތަކުގެ ވިސްނުމާއި އިސްކަންދޭ ކަންކަން އެއް ޕްލެޓްފޯމެއްގައި ހިއްސާކުރުމެވެ. މި ސަމިޓުގައި ބައިވެރިވުމަށް 120 އަށްވުރެ ގިނަ ގައުމަށް ދައުވަތު ދެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "ސަބްކާ ސާތު، ސަބްކާ ވިކާސް، ސަބްކާ ވިޝްވާސް" ވިސްނުންފުޅުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ މި ހަރަކާތަކީ އިންޑިއާގެ ވަސުދައިވާ ކުޓުމްބަކަމްގެ ފަލްސަފާގެ މައްޗަށް ބިނާވެފައިވާ ހަރަކާތެކެވެ.

ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓުގެ މަޝްވަރާތަކުގައި ބައިވެރިވާ ގައުމުތަކުން ލިބޭ އަގުހުރި މައުލޫމާތުތަކަށް ދުނިޔޭގެ ފެންވަރުގައި އެކަށީގެންވާ ސަމާލުކަމެއް ދިނުމަށް އިންޑިއާއިން މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން ޖީ-20ގެ ދަށުން އިންޑިއާއިން މިހާރު ކުރިއަށްގެންދާ ޕްރެޒިޑެންސީގެ ސަބަބުން ޖީ-20 ޕްރޮސެސްގައި ނުހިމެނޭ ގައުމުތަކަށް ޖީ20 އާ މެދު އެމީހުންގެ ވިސްނުމާއި އުއްމީދުތައް ހިއްސާކުރުމަށް ހާއްސަ އަދި ހަރުދަނާ ފުރުސަތެއް ލިބިގެންދެއެވެ. އިންޑިއާގެ ޖީ-20 ޕްރެޒިޑެންސީ ބައްޓަންކުރާނީ ހަމައެކަނި ޖީ-20 ޕާޓްނަރުންގެ އިތުރުން ގްލޯބަލް ސައުތުގައި ތިއްބެވި އާންމުކޮށް އެމީހުންގެ އިހްސާސްތައް ހިއްސާނުކުރެވިފައިވާ އަޅުގަނޑުމެންގެ އެކުވެރި ދަތުރުވެރިންނާ ވެސް މަޝްވަރާ ކޮށްގެން ކަމަށް ބޮޑުވަޒީރު ވިދާޅުވުމާ އެއްގޮތަށެވެ.

މި ސަމިޓްގައި 10 ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖެނުއަރީ 12 ވަނަ ދުވަހު ހަތަރު ސެޝަނެއް އަދި ޖެނުއަރީ 13 ވަނަ ދުވަހު ހަ ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ސެޝަނެއްގައި ވެސް 10-20 ގައުމެއްގެ ލީޑަރުން/މިނިސްޓަރުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

މި ސެޝަންތައް އިފްތިތާޙްކޮށް އަދި ނިންމުމުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހެޑް އޮފް ސްޓޭޓް/ ގަވަރމަންޓް ލެވެލްގައެވެ. އިފްތިތާހީ ލީޑަރުންގެ ސެޝަންގެ ޝިއާރަކީ "ވޮއިސް އޮފް ގްލޯބަލް ސައުތު - ފޯ ހިއުމަން ސެންޓްރިކް ޑިވެލޮޕްމަންޓް" ކަމަށާއި ނިންމުމުގެ ލީޑަރުންގެ ސެޝަންގެ ޝިއާރަކީ "ޔުނިޓީ އޮފް ވޮއިސް-ޔުނިޓީ އޮފް ޕާޕަސް" އެވެ.

މީގެ އިތުރުން ތިރީގައިވާ ޝިޢާރުތަކާއެކު 8 މިނިސްޓީރިއަލް ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

  • "ޕީޕަލް ފައިނޭންސް - ސެންޓްރިކް ޑިވެލޮޕްމަންޓަށް ކުރުން" މި މައުޟޫއަށް ފިނޭންސް މިނިސްޓަރުންގެ ސެޝަން
  • "ބެލެންސިން ގްރޯތް ވިތް އެންވަޔަރަންމަންޓް ފްރެންޑްލީ ލައިފްސްޓައިލްސް (އެލް.އައި.އެފް.އީ)" ގެ ނަމުގައި އެންވަޔަރަންމަންޓް މިނިސްޓަރުންގެ ސެޝަން
  • ޚާރިޖީ ވަޒީރުންގެ ސެޝަން "ޕްރައިއޮރިޓީސް އޮފް ދަ ގްލޯބަލް ސައުތު - އެޝުއަރިންގ އެ ކޮންޑިއުސިވް އެންވަޔަރަންމަންޓް"
  • "އެނަރޖީ ސެކިއުރިޓީ އެންޑް ޑިވެލޮޕްމަންޓް- ރޯޑްމެޕް ޓު ޕްރޮސްޕެރިޓީ" ގެ މައުޟޫއަށް އެނާޖީ މިނިސްޓަރުންގެ ސެޝަން
  • "ކޯޕަރޭޝަން ޓު ބިލްޑް ރެސިލިއަންޓް ހެލްތްކެއާ ސިސްޓަމްސް" ގެ މައުޟޫއަށް ހެލްތް މިނިސްޓަރުންގެ ސެޝަން
  • "ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ" އާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރުންގެ ސެޝަން
  • ކޮމާސް އެންޑް ޓްރޭޑް މިނިސްޓަރުންގެ ސެޝަން "ޑިވެލޮޕިންގ ސިނަރޖީސް އިން ދަ ގްލޯބަލް ސައުތު - ޓްރޭޑް، ޓެކްނޮލޮޖީ، ޓުއަރިޒަމް އެންޑް ރިސޯސަސް"
  • ޚާރިޖީ ވަޒީރުންގެ ސެޝަން "ޖީ-20: އިންޑިޔާގެ ޕްރެޒިޑެންސީއަށް ލަފާދިނުން"

މި ސަމިޓާ ގުޅޭ އިތުރު ތަފްސީލް ތައް ކުރިއަށް އޮތް ތަނުގައި ހިއްސާ ކުރާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!