ޚަބަރު

ޑީކޯވެގެން ހާލުދެރަވި މީހަކު ވިލިނގިއްޔަށް ގެންގޮސްފި

ދެން އެމްވީ ، ދެން އޮންލައިން

ފުޅި އަޅައިގެން އެންދަމަން ފީނަން އުޅުނު މީހަކު، ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮަށްދީ ސީއެމްބިއުލެންސްގައި ގއ.ވިލިނގިއްޔަށް ގެންގޮސްދީފިއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ 23:00 ހާއިރުއެވެ.

ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ސީއެމްބިއުލެންސްގައި ރޭ ދަންވަރު 1:00 ހާއިރު ގއ.ވިލިނގިއްޔަށް ގެންގޮސްދީފައިވަނީ ގއ.ކެދެރާ ކައިރީގައި މަސްވެރިކަން ކުރަން އުޅުނު "އައްސާރިޔާ" ނަމަކަށްކިޔާ ދޯނިން އެންދަމަން ފީނި އުމުރުން 49 އަހަރުގެ ދިވެއްސެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!