Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނިދަން އޮންނައިރު ބާރަށް ހިތް ތެޅެނީ ކީއްވެކަން އެނގޭތަ؟

ނިދަން އޮންނައިރު ބާރަށް ހިތް ތެޅެނީ ކީއްވެކަން އެނގޭތަ؟
ހިތުގެ ތެޅުން އެންމެ ލަސްވެ ހަމަޖެހޭ ގަޑިއަކަށް ހަމަގައިމު ވެސް ނިދާފައި އޮންނަ ގަޑި ވާނެއެވެ. ނަމަވެސް ހުރިހާ މީހުނަށް މިގޮތަކަށް ކަންތަކެއް ދިމައެއް ނުވެއެވެ. ބައެއް މީހުން ނިދާފައި އޮންނައިރު ވަރަށް ބާރަށް ވެސް ހިތް ތެޅެއެވެ. ނިދާފައި އޮންނަ އިރު މާ ބާރަށް ހިތް ތެޅޭ ނަމަ ޑޮކްޓަރަކަށް ދެއްކުން މުހިންމު ކަމުގައި ތަޖުރިބާކާރު ޑޮކްޓަރު ޑރ. މާރޓިން ސްކަރ ބުނެފައިވެއެވެ. ޑރ އިތުރަށް ބުނެފައި ވަނީ މިފަދަ މައްސަލަތައް ދިވާނާމަ އީސީޖީ އެއްގެ ޒަރީއާއިން އޭގެ އަސްލު ސަބަބު ދެނެގަނެ އެކަމަށް އެންމެ އެކަށޭނެ ފަރުވާ ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވިހި މިނެޓަށް ވުރެ ގިިނަ އިރު އާދަޔާ ހިލާފަށް ބާރު މިނުގައި ހިތް ތެޅޭނަމަ ވަގުތުން ވަގުތަށް އެމްބިއުލޭންސަކަށް ގުޅައި ހޮސްޕިޓަލަށް ދިއުމަށް ޑޮކްޓަރުން ލަފާދެއެވެ. އެއީ ފުރާނައަށް ނުރައްކާ ވާފަދަ ކަމެއްގެ އަލާމާތަކަށް ވެސް ވެދާނެ ކަމެއް ކަމަށް ޑރ.މާޓިން ބުނެފައިވެއެވެ. މިގޮތަށް ދިމާވާ ސަބަބު އެކި މީހުނަށް ތަފާތު ވާއިރު އެކަމަކީ ކުޑަ ކަމެއްގެ ގޮތުގައި ދޫކޮށްނުލާ އެންމެ ރަނގަޅު ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. މިފަދައިން ކަންތައް ދިމާވުމުން ހާރޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު 30 އިންސައްތަ އިތުރުވެގެންދާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް