ޚަބަރު ސިޔާސީ

ޤާނޫނާ ޚިލާފު ކަމެއް އާރްސީސީން ނުކުރާނެ: ނާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް--

ޤާނޫނާ ޚިލާފު އެއްވެސް ކަމެއް، އާރްސީސީ ކުންފުނިން ނުކުރާނެ ކަމުގެ ޔަޤީންކަން، އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު، މުޙައްމަދު ނާޒިމް ދެއްވަވައިފިއެވެ.

Ads by STELCO

އާރްސީސީގެ ވޭނެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއްް ފެނުނު މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެކުންފުނި ހިންގެވުމުގައި އިސްކޮށް ހުންނެވި ނާޒިމް ވިދާޅުވީ، މި މައްސަލައާ ގުޅިގެން، އެތެރޭގެ ތަހުޤީޤެއް ހިންގަވާނެ ކަމަށެވެ. އަދި މައްސަލަ ބެލުމަށް ފުލުހުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އާރްސީސީގެ ވޭނަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެވުނީ ވެހިކަލް ދުއްވާފައި ދަނިކޮށް ޝައްކުވާ ކަންތައްތަކެއް ފާހަގަވުމުން ފުލުހުން އެ ވޭން ހުއްޓުވައި، ބަލައި ފާސް ކުރުމުގެ ތެރޭގައެވެެ.

ވޭންގެ ތެރެއިން ބަނގުރާ ފުޅި ތަކަކާއި ދަޅުތަކެއް ފެނުނު ކަމަށާއި މައްސަލައިގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އަދި މި މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

 

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!