ޚަބަރު

ދީނާއި ގައުމުގެ ދިފާއުގައި ޖޭޕީން ނުކުންނާނީ ބަޣާވާތް ކުރަން: ނިހާދު

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން "ދީނާއި ގައުމުގެ ދިފާއުގައި" ޖަލްސާއަކަށް ގޮވާލުމުން، ބަގާވާތެއް ކުރަން އުޅޭ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ތުހުމަތު ކުރައްވައިފިއެވެ.

Ads by STELCO

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާދު ވަނީ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ޖޭޕީ އޮވެ، ގައުމުގެ ދިފާއުގައި ކަމަށް ބުނެ، އެ ޕާޓީން ނުކުތުމުން ކޯލިޝަންގެ ބައިވެރިއަކަށްވާނެތޯ ސުވާލު އުފައްދާފައެވެ.

"އަޅުގަނޑު މި ގޮވާލަނީ ޖުމްހޫރީ ޕާޓީގެ ލީޑަރަށް މި ގައުމުގައި ބަގާވާތެއް ކުރަން ނޫޅޭށޭ. އެހެންކަމުގައިވާނަމަ، ތިމަންނާ ކޯލިޝަނުން ނުކުމެއްޖައީމޭ، ތިމަންނާ މި ނުންނަނީ ހަމަ އަނެއްކާވެސް ބަގާވާތެއް ކުރަން ކުރަންށޭ ކިޔާފަ، އިއުލާން ކުރުމަށްފަހު މި އެއްވުމަށް ގޮވާލާށޭ،" ނިހާދު ވިދާޅުވިއެވެ.

ނިހާދުގެ ވާހަކަ ނިންމަވާލައްވަމުން ބަގާވާތް ކުރަން ނޫޅުމަށް ނިހާދު ގޮވާލެއްވިއެވެ.

ދީނާއި ގައުމުގެ ދިފާއުގައި ކަމަށް ބުނެ، ޖޭޕީން ޖަލްސާ ބާއްވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައެވެ. އެ ޖަލްސާ އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހުންނެވީ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!