ޚަބަރު

ނުރައްކާތެރި އެކްސިޑެންޓެގައި ފާރެއް ވެއްޓި، ދެ މީހަކަށް އަނިޔާވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫ ސިޓީ ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެއްޖެއެވެ.

Ads by MWSC

އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ބައިސިކަލެއްގައި ޖެހިގެނެވެ.

މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި ފާރު ވެއްޓެން މެދުވެރިވީ ބައިިސިކަލްގައި ކާރު ޖެހުނު ވަގުތު ކާރު ކޮންޓްރޯލް ނުކުރެވިގެން ގޮސް ފާރުގައި ޖެހިގެންނެވެ. ކާރު ދުއްވަން އިނީ ފިރިހެނެކެވެ. ބައިސިކަލް ދުއްވަން އިނީ އަންހެނެކެވެ.

މި ދެ ދިވެހިންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވީ ނަމަވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާތީ މިހާރު ގެންދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!