ޚަބަރު ސިޔާސީ

ޤައުމާ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމަކީ، ޢަމަލީ ގޮތުން ފެންނަން ހުންނަ ކަންކަން: އިމްރާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ހޯމް މިނިސްޓަރު އިމްރާން--

ދައްކަމުން އަންނަ ވާހަކައަކަށްވުރެ ބޮޑަށް ބަލައިގަންނާނީ ފެންނާން ހުންނަ ހަޤީޤަތްތައް ކަމަށް ހޯމް މިނިސްޓަރު، އަދި ސަރުކާރު ކޯލިޝަނުގެ ބައިވެރިޔާ، އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.

Ads by STELCO

އިމްރާން މިހެން ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި ކުރައްވައިފައިވާ ޓްވީޓެއްގައެވެ. މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ، ޤައުމާ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމަކީ އަމަލީ ގޮތުން ފެންނަ ކަންކަން ކަމަށާއި، ދައްކާ ވާހަކައަކަށްވުރެ ބޮޑަށް ބަލައިގަންނާނީ ފެންނަން ހުންނަ ކަންކަން ކަމުގައެވެ.

މިނިސްޓަރު މިހެން ވިދާޅުވިއިރު، ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވާދަ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއް ކަމުގައިވިޔަސް، މި އިންތިޚާބާ ދިމާކޮށް، ރައީސް ޞާލިޙަށް ތާއީދު ކުރައްވައި، ގިނަ ޓްވީޓުތަކެއް އިމްރާން ވަނީ ކުރައްވައިފައެވެ. އެގޮތުން މީގެ ކުރިން އިމްރާން ވިދާޅުވެފައިވަނީ، ރައީސް ޞާލިޙަކީ، ތަފާތު ޙިޔާލުތަކުގެ މީހުންނާ އެކުގައި މަސައްކަތް ކުރެއްވޭނެ ފަދަ ލީޑަރެެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!