ޚަބަރު

ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖޭން ފެނިފައެއްނެތް: އެޗްޕީއޭ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Ads by STELCO

އެޗްޕީއޭއިން މިހެން ބުނެފައި މިވަނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަކާއި ގުޅިގެންނެވެ.

އެގޮތުން މި ޕޯސްޓުގައިވާ ގޮތުން ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވާތީ އެކަން ރަސްމީކޮށް މިރޭ މިނިސްޓްރީން އިއުލާންކުރުމަށް ޕްރެސް ކޮންފަރެންސެއް ބާއްވާނެ އެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ ކަމަށާއި، އެ ބައްޔާއި ގުޅިގެން ދޮގު ހަބަރު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!