ޝެއިޚް ފަރީދުގެ "އޭ ޣާފިލްވެފައިވާ ޒުވާނާ!" އަންނަ ހުކުރު ދުވަހުގެ ރޭ ވިލިމާލޭގައި

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިބްރާހީމް ފަރީދު އަޙުމަދުގެ ދަރުހެއް އަންނަ ހުކުރު ދުވަހުގެ ރޭ ވިލިމާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ވައިޑީ ސްޕޯޓްސް ކްލަބާއި ވިލިމާލޭގެ ކުލަބް، ޖަމްއިއްޔާތައް ގުޅިގެން ބާއްވާ މި ޚާއްޞަ ދަރުސް އޮންނާނީ ހުކުރު ދުވަހުގެ ރޭ ވިލިމާލޭ ބަނދަރު ސަރަހައްދުގައެވެ. ޒުވާނުންނަށް ޚާއްޞަ މި ދަރުހުގެ މައުޟޫއަކީ "އޭ ޣާފިލްވެފައިވާ ޒުވާނާ!" އެވެ.
މިއީ ކޮވިޑްގެ ޢާލަމީ ވަބާގައި ޖެހުނު ފުރަބަންދާއި އެހެނިހެން ހުރަސްތަކަށް ފަހު ވިލިމާލޭގައި ބާއްވާ ދެވަނަ މިފަދަ ދަރުހެވެ.
މި ދަރުސްގައި ވީހައި ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދަރުސް އިންތިޒާމްކުރާ ފަރާތްތަކުން ވަނީ އެދިލައްވައިފައެވެ.