ޚަބަރު

ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް ގާއިމުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް ގާއިމުކޮށް، މައްސަލަ ބަލަން ފަށައިފިއެވެ.

މި ޔުނައިޓަކީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ.

ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދު އެކުލަވާލާ ޝާއިއުކޮށްފައި ވަނީ ޖެނުއަރީ 19 ވަނަ ދުވަހުއެވެ. އަދި އެ ޔުނިޓަށް ސިއްރުކޮށް މައުލޫމާތު ހުށަހަޅުމާއި، ބަލައިގަތުމާ، މައުލޫމާތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު އެކުލަވާލައި ޝާއިއުކޮށްފައި ވަނީ އިއްޔެއެވެ.

އެޗްއާރްސީއެމުން ބުނީ އެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުގެ ގާއިމު ކުރަން ޖެހޭ އެތެރޭގެ އިންތިޒާމުތައް ގާއިމު ކުރުމުގެ ގޮތުން އަމަލު ކުރަން ޖެހޭ ގައިޑްލައިން ވެސް ޕްރޮޓެކްޝަން ޔުނިޓުން އެކުލަވާލައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ހިއްސާ ކޮށްފައިވާނެ ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.

ވިސްލް ބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މައްސަލަ ހުށަހެޅޭނެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވާ ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ. އެގޮތުން ސިޓީން ނުވަތަ މައްސަލަ ހުށަހަޅާ ފޯމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުނިޓަށް ހާޒިރުވެގެން މައްސަލަ ހުށަހެޅޭނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!