ޚަބަރު

ޝަހިންދާ އަނެއްކާ ވެސް އިސްލާމްދީނަށް ފުރައްސާރަ ކޮއްފި

ދެން އެމްވީ ، ދެން އޮންލައިން

އިސްލާމް ދީނަށް ފުރައްސާރަ ކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުގެ ރައީސް ޝަހިންދާ އިސްމާއިލް އަނެއްކާ ވެސް ޓުވީޓެއް ކޮށްފިއެވެ.

Ads by STELCO

ޝަހިންދާ ވަނީ މީގެ ކުރިން ވެސް ދީނަށް ފުރައްސާރަ ކޮށް ޓްވީޓު ކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ކުރި ދީނާ ހިލާފު ޓްވީޓުތަކެއް މައްސަލަ ފުލުހުންވަނީ ތަހުގީގުކުރަން ފަށާފައެވެ.

ޝަހިންދާ އިއްޔެ އިނގިރޭސިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސުވަރުގެ ވަންތަވެރިނަށް ލިބޭ އަންހެނުންނަކީ ހައިލުނުވާ، ބޮޑުކަމުނުދާ އަދި ކުޑަކަމުވެސް ނުދާ ބަޔެއް ކަމަށެވެ. އަދި ޖިންސީ އެދުން ފުއްދުމަށް ބޭނުންކުރާ ބުދުވެސް ތަޖުރިބާ ކޮށްލުން ރަނގަޅުވާނެ ކަމަށްވެސް ޝަހިންދާގެ ޓްވީޓްގައި ބުނެފައިވެއެވެ.

ޝަހިންދާ މިފަހަރު ފުރައްސާރަ ކޮށްފައިވަނީ މާލެ އިން ހުޅުމާލެއަށް ދިޔަމަގުމަތީގައި އޭނާގެ ރައްޓެއްސަކަށް އަޑުއިވުނު ދީނީ ޕްރޮގްރާމަކަށެވެ.

"ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައި ވެ އެވެ. އޭގައި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިޔެފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!