ޚަބަރު ސިޔާސީ

ޖާބިރަށް އެންމެ ކަމު ނުދާ ސިޔާސީ ލީޑަރަކީ ކާކުކަން ހާމަ ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު--

ދިވެހިރާއްޖެއިން އެންމެ ކަމުނުދާ ސިޔާސީ ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ މިހެން ވިދާޅުވެފައިވަނީ "ދައުރު"އަށް ދެއްވި ބަސްދީގަތުމެއްގައެވެ. ޖާބިރު ވިދާޅުވީ، މުޅި ރާއްޖެއިންވެސް އޭނާއަށް އެންމެ ކަމުދާ ސިޔާސީ ލީޑަރަކީ މި ވަގުތު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށެވެ.

ޤާސިމް ކަމު ނުދާ ސަބަބެއްގެ ގޮތުގައި ޖާބިރު ވިދާޅުވީ، އޭނާ އަބަދުވެސް އުޅުއްވަނީ ވިޔަފާރިއެއް ލިބޭތޯ ކަމަށާއި، ރައްޔިތުންނަށް ޚިދުމަތެއް ކޮށްދެއްވަން ނޫން ކަމަށެެވެ.

"އޭނާއަށް ބައި ނާޅާ ގޮތަކަށް މި ޤައުމުގައި ވެރިކަމެއް ޤާއިމުވުމަށްޓަކާ އަޅުގަނޑުމެން ދުޢާ ކުރަންޖެހޭ."

ޖާބިރު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް އޭނާ ދެންވެސް ހޮވިވަޑައިގަންނަވާނެ ކަމާމެދުގައި ކުޑަވެސް ޝައްކު ނުކުރައްވާ ކަމަށާއި، ރާއްޖޭގެ ވެރިކަން ލިބޭނެ ކަމާމެދުގައިވެސް ކުޑަވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ބިދޭސީންގެ ވޯޓު ލިބިވަޑައިގަންނަވާ މިންވަރަށް އޭނާ މިހާރު ހުންނެވީ "ޕްރޮމޯޓް"ވެފައި ކަަމަށްވެސް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!