ނޫސްވެރިންނަށް އަނިޔާ ދިނުމުގެ ނިޔަތެއް ނެތް: ފުލުހުން
ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ އެއްވެސް ނިޔަތެއް މިއަދުގެ މުޒާހަރާގައި ނެތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ އެއްވުމެއްގައި ދެ ނޫސްވެރިއަކަށް އަނިޔާވެފައި ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ފުލުހުންގެ ފަރާތުން އެ ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
”މުޒާހަރާ ރޫޅާލުމުގެ އިންޒާރުދީ، ރޫޅާލުމަށް ޝީލްތަކާއެކު ކުރިއަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި ނޫސްވެރިން ޝީލްޑް ތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން އެ ނޫސްވެރިން ވެއްޓިފައިވާކަން ފާހަގަކުރެވޭ” ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން އެ ހާދިސާގައި ކަންހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓަންޑަރޑްސް ކޮމާންޑުން ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިއަދު މަޖިލީސް މި އަހަރުގެ ދައުރަށް ހުޅުވުމާ ދިމާކޮށް ރައީސް ޞާލިޙް އިއްވެވި ރިޔާސީ ބަޔާނާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާ ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްގެން ފަހަތަށް ޖައްސައިފައެވެ. އިދިކޮޅުގެ މުޒާހަރާތައް ފެށީ މަޖީދިއްޔާ ސްކޫލު ކައިރިންނެވެ.
މުޒާހަރާ ކަވަރު ކުރަމުންދިޔަ ދެ ނޫސްވެރިޔަކަށް އަނިޔާވެގެން ފަރުވާ ދީފައިވެއެވެ.
ކިހާރީތި ދައްކާ ވާހަކަ، އަނިޔާކުރުމުގެ ވިސްނުން ނެތިތޯ މިދަނީ އަނިޔާކުރަމުން، އެއްފަހަރަކު ދެފަހަރަކު ނޫން މިހާރު އަނިޔާ ކުރީކީ، މީގެ ކުރީގާ ދުވަހަކުވެސް މިހާ އަނިޔާވެރި ގޮތަކަށް ފުލުހުން ކަންތައްތައް ކޮށްފައެއް ނެތް، ބައެއްފަހަރު ހިތަށް އަރާ ފުލުހުން މުޒާހަރާތައް ރޫޅާލަން މި ނުކުންނަނީ، މަސްތުވާތަކެތި ބޭނުންކޮށްގެން ބާއޭވެސް، އަނެއްބައި ފަހަރު ހިތަށް އަރާ، ދިވެހި ފުލުހުންގެ ޔުނީފޯމު އަޅުވައިގެން އިންޑިއާ ފުލުހުން ނެރެނީ ބާވައޭ ވެސް، އެންތާވާނީ، ދިވެހި ފުލުހުން މީގެ ކުރީން ނޫޅޭވައްތަރެއް ނުކުރާ ކަންތައްތަކެއް ކޮށް ދިވެހި ފުލުހުން ނޫޅޭ ވައްތަށް މިހާރު އުޅެންޏާ، އަދި ކަންތައްވެސް ކުރަންޏާ.