ޝަރީފު ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހަކީ ހަަސަދަ ފިލުވާ ތަނަކަށް ހަދައިފައިވާ ކަމަށް

ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ހަސަދަ ފިލުވާތަނަކަށް ރިޔާސަތުން ހައްދަވައިފައިވާ ކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވެފައިވަނީ ރިޔާސަތުން މަޖިލީސް އަކީ ސިޔާސީ ހަސަދަ ފިލުވާ ތަނަކަށް ހައްދަވައިފިކަމަށެވެ.
ޝަރީފު މިހެން ވިދާޅުވިއިރު، މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށުނު ފަހުން، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން އަންނަ ގޮތަށް ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން އިދިކޮޅު މެމްބަރުން، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވާހަކަ ދައްކަވާއިރު އަޑު ގަދަ ކުރެއްވުމާއި، މެމްބަރުންގެ ވާހަކައިގެ ތެރެއިން، ރައީސް ނަޝީދު ދައްކަވަން ބޭނުންފުޅުވެލައްވާ ވާހަކަތައް ދެއްކެވުމަކީ ގިނަ މީހުންގެ ފާޑުކިޔުން އަމާޒުވާ ކަމެކެވެ.