ޚަބަރު

އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅު ކޮރޯނާ ވައިރަހުގައި ޖައްސާފައި: މުގުނީ

ދެން އެމްވީ ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއިން ކާމިޔާބު ކުރާނީ އިދިކޮޅު މެންބަރުން ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބައިގެން ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިއަދުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވަނީ ކޮރޯނާއާ ގުޅިގެން ކާޑުގެ ބާވަތްތައް ރާއްޖެއަށް ލިބުން ދަތިވެދާނެތީ ކުއްލި މައްސަލައެއް ވައްދާފައެވެ.

އެ މައްސަލަ ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މުގުނީ ވިދާޅުވީ ރާއްޖެ އޮތީ ތައްޔާރަށް ކަމަށާއި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ.

މުގުނީ ވިދާޅުވީ އިދިކޮޅު މެންބަރުން އުޅެނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ކޮރޯނާ ވައިރަސް ޖައްސައިގެން ކުރިއަށް ދާން ކަމަށެވެ. އެ ފުރުސަތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މުގުނީ ވިދާޅުވީ އެމްޑީޕީއިން ކެމްޕެއިންގެ ދަތުރު ފަށަނީ ވައިރަހާ ގުޅޭ މައުލޫމާތައި ފަރުވާ ހިފައިގެން ކަމަށެވެ.

"މިބޭފުޅުން ކަންބޮޑުވެގެން އުޅޭ ކަމަކީ، ކެމްޕެއިންގައި ކޮރޯނާ ވައިރަސް ޖައްސައިގެން ކުރިއަށްދެވޭތޯ. އަޅުގަނޑުމެން ހުވަދުއަތޮޅަށް ދަތުރު މިފަށަނީ ފަރުވާ ހިފައިގެން. މައުލޫމަތު ދީގެން، ވައިރަސްއަށް ބޭނުންވާ ފަރުވާ ހިފައިގެން. އިންތިހާބު ކާމިޔާބު ކުރާނީ، ތިބޭފުޅުން [އިދޮކޮޅުން] ކޮރޯނާ ވައިރަހުގައި ޖައްސާފައި ބައިތިއްބައިގެން،" މުގުނީ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެފަދަ އެއްޗެއް އެހާ ފާޅުކަން ބޮޑުކޮށް ވިދާޅުވެ، ކޮރޯނާގެ ވައިރަސް އެ މެންބަރުގެ އަތުގައި އެބަހުރި ކަމަށް ވިދާޅުވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ހުސެއިން ވިދާޅުވި އެވެ.

މުގުނީގެ މި ވާހަކައަށް މިހާރު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން ވެސް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!