ޗައިނާގައި އަލަށް އުފަންވާ ކުދިން އިތުރުކުރަން އިތުރު ގޮތްތަކެއް ހޯދަނީ
ޗައިނާގެ ވެރިރަށް ބެއިޖިންގެ ސިއްހީ އިސް އޮފިޝަލަކު ވަނީ ޗައިނާގެ އުފަންވާ ނިސްބަތް އިތުރުކުރެވޭނެ ގޮތްތަކެއް ހޯދުމަށް އެގައުމުގެ ލޯކަލް ލީޑަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ޔަންގް ވެންޒުއާންގް ވިދާޅުވީ ޗައިނާއިން ޒަމާނުއްސުރެ އާބާދީއާ ދެކޮޅު ސިޔާސަތުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އޮފިޝަލުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
އަދި ކުޑަކުދިން ބެލެހެއްޓުމާއި ތައުލީމުގެ ޚަރަދު ތައް ނައްތާލުމުގައި "ހިތްވަރުގަދަ އިނޮވޭޝަންތަކެއް" އުފެއްދުމަށް އޮފިޝަލުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
މިދިޔަ ޖެނުއަރީ މަހު ޗައިނާއިން ވަނީ 60 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެގައުމުގެ އާބާދީ ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
2022 ވަނަ އަހަރު ޗައިނާގައި ކޮންމެ 1000 މީހަކަށް 6.77 ކުދިން އުފަންވެފައިވާއިރު، މިއީ ރެކޯޑުގައި ވެސް އެންމެ ދަށް އަދި އޭގެ ކުރީ އަހަރު އުފަންވި 7.52 މީހުންނާ އަޅާބަލާއިރު ދަށް އަދަދެކެވެ.
އާބާދީ އިތުރުވުމާ ގުޅިގެން 1980 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް އެ ގައުމުގެ ހަރުކަށި އެއް ދަރިންގެ ސިޔާސަތުގެ ޒިންމާ ވަނީ ދަށަށް ގޮސްފަ އެވެ. އެ އުސޫލާ ހިލާފުވި އާއިލާތައް ޖޫރިމަނާކޮށް، ބައެއް ހާލަތްތަކުގައި ވަޒީފާ ވެސް ގެއްލުނެވެ.
2016 ވަނަ އަހަރު ކައިވެނިކޮށްގެން އުޅޭ ދެމަފިރިންނަށް ގައުމީ ފެންވަރުގައި އެ ލިމިޓް ދެ މީހުންނަށް އިތުރުކުރި އިރު، 2021 ވަނަ އަހަރު އެ އަދަދު ވަނީ ތިން އަށް އިތުރުކޮށްފަ އެވެ. އެކަމަކު އެއް ޕްރޮވިންސެއް ކަމަށްވާ ސިޗުއާން އިން އެއަށް ވުރެ ވެސް ލުއި އުސޫލެއް ގެންގުޅެ އެވެ.
އެ ގައުމުގެ ޕޮޕިއުލޭޝަން މޮނިޓަރިން އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާ ޔަންގް ވިދާޅުވީ އާބާދީ ތަރައްގީ ކުރުމުގެ މުހިންމު ވިންޑޯ ޕީރިއަޑް އޮފިޝަލުންނަށް ހަރުދަނާގޮތެއްގައި ދެނެގަންނަން ޖެހިފައިވާ ކަމަށެވެ.
ދައުލަތުގެ އެހީގައި ހިންގާ ހެލްތު މަޖައްލާއެއްގައި ވާހަކަ ދައްކަވަމުން ޔަންގް ވިދާޅުވީ ކުޑަކުދިން ބަލަހައްޓަން ކުރާ ހަރަދުތަކާ މެދު ހުރި ކަންބޮޑުވުންތަކުގެ ސަބަބުން އާބާދީ އިތުރުވުމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ. އަދި ފައިސާއާއި ކެރިއަރުގެ ލަނޑުދަނޑިތަކުގެ ވަށައިގެން ހުރި ގޮންޖެހުންތައް ވެސް އޭނާ ފާހަގަކުރެއްވީ ދަށަށް ދާން މެދުވެރިވާ ސަބަބުތަކުގެ ގޮތުގަ އެވެ.
"އާބާދީގެ ދިގު މުއްދަތުގެ ބެލެންސްޑް ޑިވެލޮޕްމަންޓް ކުރިއެރުވުމަށްޓަކައި ވިހެއުމާއި، ދަރިން ބެލެހެއްޓުމާއި ތައުލީމުގެ ޚަރަދު ކުޑަކުރުމަށް ޓަކައި ލޯކަލް ސަރުކާރުތަކަށް އަމަލީ ގޮތުން މަސައްކަތްކޮށް ހިތްވަރުގަދަ އުފެއްދުންތައް އުފެއްދުމަށް ބާރުއަޅަންޖެހޭ" ޔަންގް ވިދާޅުވިއެވެ.