ޚަބަރު

އާސިރު ގެއްލިގެން ހޯދާތާ 9 ދުވަސް، އެންމެ ފަހުން ފެނިފައިވަނީ އެއާޕޯޓް ޓާމިނަލަށް ވަންނަނިކޮށް

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެއިން ގެއްލިގެން މިމަހުގެ 4ވަނަ ދުވަހު ހޯދަން އިއުލާނުކުރި އުމުރުން 31 އަހަރުގެ ސ. މަރަދޫފޭދޫ ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް، އަދިވެސް ނުފެންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by Hajj Corporation

ފުލުހުން ވިދާޅުވީ އޭނާ ހޯދުމަށް މާލޭގެ ވަރަށް ގިން ސީސީޓީވީ ކެމެރާ ފޫޓޭޖްތަކާއި އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުގެ ފޫޓޭޖްތައްވެސް ބަލާފައިވާ ކަމަށެވެ. އެގޮތުން ބެލިބެލުމުން ފެބްރުއަރީ 4 ވަނަ ދުވަހުގެ ރޭ 19:20ހާއިރު ބޮޑުތަކުރުފާނު މަގު، ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރާ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

“އެ ޓެކްސީ އެއާޕޯޓް ޓާމިނަލަށް މަޑުކުރުމުން ޓެކްސީއިން ފައިބައިގެން ގޮސް ޓާމިލަަށް ވަންނަ މަންޒަރު ސީސީޓީވީ ފޫޓޭޖަކުން ފެނިފައިވޭ. އޭނާ އެއްވެސް އެއާލައިންއަކުން އަދި ރާއްޖޭގެ އެހެން ރަށަކަށް ދިޔަކަން ވެސް މިހާތަނަށް ބެލިބެލުމުން އެނގިފައެއް ނުވޭ” ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން އާސިފް ހޯދުމަށް މާލޭގެ އިތުރު ސަރަހައްދުތަކުގެ ސީސީޓީވީ ފޫޓޭޖްތަކާއި އެއާޕޯޓުގެ އިތުރު ސަރަަހައްދުތަކުގެ ފޫޓޭޖެތައް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށް ވެސް އޭނާ ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!