އެކްސިޑެންޓުގައި އަނިޔާވި މީހާ ވެންޓިލޭޓަރުން ނަގައިފި

ހުޅުލެ އާއި ހުޅުމާލެ ގުޅޭ ހައިވޭގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ވެންޓިލޭޓަރުން ނަގައިފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި މީހާ މިހާރު ވެންޓިލޭޓަރުން ނަގައި، އެ މީހާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.
ހުޅުމާލެއިން މާލެއަށް ދަތުރުކޮށްފައި އައި ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާ ލިބިގެން އައިޖީއެމްއެޗްގައި ފަރުވާ ދެނީ އުމުރުން 40 އަހަރުން މަތީގެ ފިރިހެނަކަށެވެ.
އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ފުލުހުން ހާމައެއް ނުކުރައްވައެވެ. މިކަން ފުލުހުން ދަނީ ބައްލަވަމުންނެވެ.
ސިނަމާލެ ބްރިޖާއި، ހައިވޭ ސަރަހައްދުގައި މިފަދަ އެކްސިޑެންޓުތައް ހިނގުމަކީ އާއްމު ކަމެކެވެ.