ޚަބަރު

ކޭޝިއަރަކާ ނުލައި ހިންގާ ފިހާރަ މާޗު މަހުގައި ހުޅުވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެސްޓީއޯގެ ކޭޝިއަރ-ލެސް ފިހާރަ މާރިޗު މަހު ހުޅުވުމަށް ތައްޔާރު ވަމުންދާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

Ads by MWSC

މިކަން ހާމަކުރައްވައިފައިވަނީ އެސްޓީއޯގެ އެމްޑީ ހުސައިން ޢަމްރެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތަނުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މާޗު މަހުގައި ހުޅުވޭނެ ކަމަށެވެ.

ކޭޝިއަރަކު ނުލައި ހިންގާނެ މި ފިހާރަ ހުޅުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. މި ފިހާރާއިގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ފިހާރަ އަންނަ އަންނަ މަހު ހުޅުވޭނެ ކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރު މިވަނީ ހާމަކުރައްވައިފައެވެ.

އެސްޓީއޯގެ "ސްމާޓް ޝޮޕް" ނުވަތަ ކޭޝިއަރެއް ނުހުންނަ ފިހާރައިން ވިޔަފާރި ކުރާ ފަރާތްތައް ބޭނުން ވަކި އެޕްލިކޭޝަނެއް ހުންނާނެއެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް ކިއު-އާރް ކޯޑު ސްކޭން ކުރުމުން ފިހާރައިގެ ދޮރު ހުޅުވޭނެއެވެ. އަދި ވިޔަފާރި ކުރާ ފަރާތްތަކުން ބޭނުން ކުރާ ބޭންކް ކާޑު އެޕްލިކޭޝަންގައި އިންޓަގްރޭޓްކޮށްފައި ވުމުން ފިހާރައިން ބޭނުންވާ މުދަލެއް ނަގައިގެން ނިކުންނަ އިރު އަމިއްލައަށް ކާޑުން ނެގި ސާމާނުގެ އަގު ކެނޑޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!