ދުނިޔެ

ޕެންޓަގަންގެ އިސް އޮފިޝަލުން ޓައިވާނަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މީގެ ދެ ހަފުތާ ކުރިން ވައްޓާލި ކަމަށް ބެލެވޭ ޗައިނާގެ ޖާސޫސީ ބެލޫނެއްގެ މައްސަލާގައި ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި ޕެންޓަގަންގެ އިސް އޮފިޝަލުންތަކެއް ޓައިވާނަށް ދަތުރުކުރައްވައިފިއެވެ. މިއީ ވަރަށް މަދުން ނޫނީ ވާކަމެކެވެ.

Ads by Sosun Fihaara

ޗައިނާގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް މައިކަލް ޗޭޒް ޓައިވާނަށް ވަޑައިގެންފައިވާ ކަމަށް ފައިނޭންޝިއަލް ޓައިމްއިން ރިޕޯޓްކޮށްފައިވެއެވެ.

ޗެސް އަކީ 2019 ވަނަ އަހަރު އިރުމަތީ އޭޝިއާގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ހެއިނޯ ކްލިންކް އެ ރަށަށް ކުރެއްވި ދަތުރުފުޅަށް ފަހު އެ ރަށަށް ވަޑައިގެންނެވި އެމެރިކާގެ ފުރަތަމަ ސީނިއާ ޑިފެންސް އޮފިޝަލެވެ. މައިކަލް ޗޭޒް އަކީ ބައިނަލްއަގްވާމީ ދިފާއީ ސިޔާސަތުގައި، ޗައިނާގެ ސިޔާސަތާ ހަވާލުވެ ހުންނެވި އިސްވެރިޔާއެވެ.

ޗައިނާގެ ޖާސޫސީ ފުއްޕާ ހަމެއް ކަމަށް ބުނާ ބިޔަ ހަމެއް، އެމެރިކާގެ އަވަށްތަކުގެ މަތިން ވަޔާއެކު ދަތުރުކުރީ އެމެރިކާ ބުނާ ގޮތުން ޗައިނާ އިން ގަސްދުގައި އެމެރިކާއިން ޖާސޫސްކުރަން ނިޔަތްގަތް ގޮތަށެވެ. އެހެން ނަމަވެސް، އެމެރިކާގެ މި ބުނުމަށް ޗައިނާ ދެކޮޅު ހަދަ އެވެ.

ޗައިނާ ބުނާ ގޮތުން އެމެރިކާގެ އަސްކަރިއްޔާ އިން ބަޑިޖަހައި ވައްޓާލި ފުއްޕާހަމަކީ މަދަނީ ބޭނުންތަކަށް މޫސުމީ ދިރާސާތަކަށް ފޮނުވި ފުއްޕާހަމެކެވެ. އެމެރިކާއާ ހަމައަށް ހަން ދިޔައީ މޫސުމީ ވައިހުރި ގޮތުން ކޮންޓްރޯން ނައްޓާލައިގެންނެވެ.

ފުއްޕާހަމުގެ މައްސާލާގައި ހިހޫނުވެ އޮތް ދެ ގައުމުގެ ގުޅުން -- އެމެރިކާގެ އޮފިޝަލުން ޓައިވާނަށް ދަތުރުކުރުމުން، ދެން އަނެއްކާ ވެސް ވާނީ ހޫނެވެ. އެމެރިކާއަށް މިކަން އެނގެ ހާލުގައި ޓައިވާނަށް އޮފިޝާލުން ފޮނުވުމަކީ ގަސްދުގައި ޗައިނާ ރުޅިއަރުވަން ކުރާ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!