ޚަބަރު ސިޔާސީ

ރައީީސް ފެކްޝަނުން ޤާސިމާ ބައްދަލުކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނުގެ އިސް ދެ ބޭފުޅަކު،  ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހިމާ ބައްދަލު ކުރައްވައިފިއެވެ.

Ads by Hajj Corporation

ސަން އައިލެންޑް ރިސޯޓުގައި ރޭ ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ވަނީ، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި އަލީ ނިޔާޒެވެ.

މި ބައްދަލުވުމުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، މަޢުލޫމާތު ލިބޭ ގޮތުގައި، މި ބައްދަލު ކުރެއްވުމުގައި އެބޭފުޅުން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް  ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރައްވައިފައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކި ލީޑަރަކަށް ތާއީދު ކުރަން ޖޭޕީން އަދި ނިންމައިފައިނުވާއިރު، ކޯލިޝަންގެ ބައިވެރިންގެ ތާއީދު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ޞާލިޙު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީއަށް ކޯލިޝަން ހެދުމުގެ ބާރު ލިބިވަޑައިގަންނަވާނީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ކަމަށް، އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ކަނޑައަޅައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!