ދުނިޔެ

ޗައިނާއާއެކު މަޝްވަރާ ކުރުން މުހިންމުކަން އިނގޭ: އެމެރިކާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއާ އެކު ޒުވާބަކަށް ގޮސް ފިނިހަނގުރާމައިގެ ދުވަސްތައް އިއާދަކުރަން އެދިވަޑައިނުގަންނަވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

Ads by WAMCO

ޖަރުމަނުގެ މިއުނިކްގައި ފެބްރުއަރީ 17-19 އަށް އޮންނަ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި، ޗައިނާގެ ސެންޓްރަލް ފޮރިން އެފެއާޒް އޮފީހުގެ ޑައިރެކްޓަރު ވާންގް ޔީއާ ބައްދަލުކުރައްވައި، ބްލިންކެން ވިދާޅުވީ ޗައިނާއާ މަޝްވަރާކުރުން މުހިއްމުކަން އެމެރިކާއަށް އެނގޭ ކަމަށެވެ.

އެމެރިކާއާ ދިމާ މަތިން -- ވައިގެ ތެރެއިން ދަތުރުކޮށް ދަނިކޮށް އެމެރިކާ ސިފައިން ވައްޓާލި ފުއްޕާހަމެއްގެ މައްސާލާގައި، ދެގައުމުގެ ގުޅުން އޮތީ އުދާސްވެފަ އެވެ.

ޗައިނާއިން ފޮނުވި މި ފުއްޕާ ހަމަކީ އެމެރިކާ ބުނި ގޮތުން ޖާސޫސްކުރަން ފޮނުވި އުޅަނދެކެވެ. ޗައިނާ ބުނީ އެއީ މަދަނީ ބޭނުންތަކަށް، މޫސުން ބެލުމަށް ފޮނުވި ހަމެއް ކަމަށެވެ.

ވާންގް ޔީއާ ބައްދަލުކުރައްވައި ބްލިންކެން ވިދާޅުވީ ދެ ގައުމުގެ ގުޅުން މިހާރު ވެސް އޮތީ ކުރިން -- ފުއްޕާހަމުގެ މައްސަލަ ދިމާވުމުގެ ކުރިން -- އޮތް ގޮތަށް ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި މަޝްވަރާކޮށް ބައިނަލްއަގްވާމީ މަސްލަހަތާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ހުރަހެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި ޗައިނާ އަކީ ދުނިޔޭގެ ތާރީޚުގައި ދިގު ރާސްތާއެއް ކަޑައްތުކޮށްފައިވާ ދެ ގައުމު ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ. ދެ ގައުމުގެ ނަޒަރިއްޔާ ތަފާތު ނަމަވެސް ދެ ގައުމުގެ އަމާޒަކީ އަމާން ދުނިޔެއެއް ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ.

އެމެރިކާގެ ތަރައްގީ އާއި ކުރިއެރުމަށް ޗައިނާއާ ވާދަކުރާނެ ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ. ދެ ގައުމު ދަތުރުކުރާ މިސްރާބުގައި ވާދާގައި ޖެހި ދިމާވާ ކަންތައްތަކަށް ހައްލު ހޯދުމުގައި މަޝްވަރާއަށް ފުރުސަތު އޮންނަން ވާނެ ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!