ހަސަންފުޅު ގެއްލުން: އެންމެ ފަހުން ފެނިފައިވަނީ ފިހާރައަކުން ނުކުންނަނިކޮށް
އއ. މަތިވެރިން ގެއްލިގެން ހޯދަމުންދާ އުމުރުން 73 އަހަރުގެ ހަސަން އަލީ (ހަސަންފުޅު) އެންމެ ފަހުން ފެނިފައި ވަނީ ފިހާރައަކުން ނުކުންނަނިކޮށް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން، އެކަހަލަ މައްސަލަތަކުގައި އަމަލު ކުރާ އުސޫލުގެ މަތިން، ރާއްޖޭގައި ގާއިމްކޮށްފައިވާ ހުރިހާ ޕޮލިސް ސްޓޭޝަންތަކަށާއި، އިންޓަލިޖެންސްއާ މައުލުމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ފުލުހުންގެ އެކި ބަހާތަކުން ކޮށްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
“އޭނާ ހޯދުމަށް އެރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކާއި، ފަޅު ގޯތިތަކާއި، ގެވަޅު އަދި ހުސްބިންތަކާއި ރަށުގެ ހިންގާ ހުރިހާ ގެސްޓްހައުސްތަކާއި ކެފޭ ރެސްޓޯރެންޓް އަދި ރަށުގެ ހޭޅިފަށާއި، ގޮނޑުދޮށާއި، ވަލުތެރެ ހިމެނޭހެން ރަށުގެ ހުރިހާ ސަރަހައްދާއި ވަޅުފަދަ ތަންތަން ބަލައި ފާސްކޮށްފައިވާނެ” ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ތެރެއިން ފީނައިގެން ކަނޑުގެ ސަރަހައްދާއި، ފަޅުރަށްރަށާއި، ތިލަފަޅުތައް ބެލުންވެސް ހިމެނެއެވެ. ވައިގެ މަގުންވެސް އެ ސަރަހައްދުތައް ބަލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި ރަށުގެ އެކި ހިސާބުތަކުގެ ސީސީޓިވީ ކެމެރާ ފުޓޭޖްތައް ބަލަފާއިވާ ކަމަށާއި، އެކި ރަށުގެ އެކި މީހުންނާ ސުވާލުކޮށް އޭނާއާ ގުޅޭ މައުލޫމާތު ހޯދަން މަސައްކަތް ކޮށްފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ހޯދުމުގެ މަސައްކަތަށް ރަށުގެ ހުރިހާ އޮޑިދޯނި ފަަހަރު ބަލައި، އެއްވެސް ރަށަކަށް އޭނާ ގޮސްފައިވޭތޯ ބެލުމަށްވެސް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ އާންމުކޮށް ގޮސްއުޅޭ ރަށްރަށާއި، އެ ރަށްރަށަށް ގޮސް އޭނާ އާންމުކޮށް ގޮސްއުޅޭ ގެތަކުގެ މީހުންނާއި ސުވާލުކޮށް މައުލޫމާތު ލިބޭތޯ ބަލާފައިވާކަމަށްވެސް ވިދާޅުވިއެވެ.
އިތުރަށް ފުލުހުން ވިދާޅުވީ، އޭނާ ގެއްލިފައިވާ މައްސަލައިގެ ތަހުގީގުގައި މަތިވެރިން ލިބެން ހުރި ހުރިހާ ސީސީޓީވީ ފޫޓޭޖްތައް ހޯދައި، 157 ގަޑިއިރުގެ ފޫޓޭޖް ދިރާސާކޮށްފައިވާ ކަމަށެވެ. އަދި އެ ފޫޓޭޖްތަކުން ހަސަން އަލީ އެންމެ ފަހުން ފެނިފައި ވަނީ 2023 ޖަނަވަރީ 31 ވަނަ ދުވަހުގެ 9:30 އެހައިކަންހާއިރު ރަށުގެ ފިހާރައަކަށް ވަދެ ނުކުމެގެންދާ މަންޒަރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ހިނގާށެ ނަލަ ކުރަމާ މިވަތަންގެ ކަތުންގެ ފަހި ކުރިމަގު ގާސިމް އިބްރާހިމް އާއި ސަންސިޔާމް އަދި އުމަރު ނަސީރު އަދި ކާރނަލް ނާޒިމާއި ޔާމީން އަދި ނަޝީދު ގުޅިގެން ހިނގާ ރުވަން ފެންދީ އެންމެ ކަތުންގެ ކުރިމަގު ހިނގާ އުޖާލާ ކުރަމާ މިއުދަރެހާއި މިފަލަކު ހިނގާ ނަފާ ހޯދަން މާލެ ސަރަހައްދުގައި ވިޔާފާރި ކޮށްގެން ހިނގާ މިވަތަން އަކީ އެއީ އެއްވަނަ ދުނިޔޭގެ ގައުމަކަށް ގާސިމް ރައީސް ކަމަށް ގެނެސްގެން ހަދަމާ ހިނގާ ހޮވަން އެންމެން ގާސިމް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….