ޚަބަރު

ޤައިދީންނަށް އަނިޔާ ކުރާ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާފުށި ޖަލުގެ ޔުނިޓް 11ގެ ޤައީދީންނަށް އަނިޔާ ކުރަމުންދާ ކަމަށް ބުނެ ފަތުރަމުން އަންނަ  ވާހަކަ އަކީ ހަޤީޤަތާ ޚިލާފު ވާހަކައެއްކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިކަމާ ގުޅިގެން ކުރެއްވި ޓްވިޓެއްގައި އަޙްމަދު ވިދާޅުވީ ޔުނިޓް11ގެ އެއްވެސް ޤައިދީއަކަށް އަނިޔާއެއް ކޮށްފައެއް ނުވާކަމަށާ، އަދި އެ ޔުނިޓުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްވެސް ކުރިއަށް ނުދާ ކަމަށެވެ.

ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ ޤައިދީންގެ ތެރެއިން ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ބައިތިއްބާފައި ތިބޭ ބައިގައި ހަމަނުޖެހުން ހިނގަމުންދާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!