ޚަބަރު

ވ. އަތޮޅުން އޮޔާ ދަނިކޮށް ފެނުނުނީ ތެޔޮ ބޯޓުން ގެއްލުނު މީހާގެ ހަށިގަނޑެއް ނޫން: ފުލުހުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ވ. އަތޮޅު ވެމްޕަރު ފަޅު ތެރެއިން އޮޔާ ދަނިކޮށް ފެނުނު މަރުވެފައިވާ މީހެއްގެ ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުންދިޔަ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަންގެ ހަށިގަނޑު ނޫންކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ ވ. އަތޮޅުން ފެނުނު އިންސާނާގެ ހަށިގަނޑަކީ ތެޔޮބޯޓުން ގެއްލުނު ލިޓަންގެ ހަށިގަނޑު ނޫންކަން ކަށާވަރުކުރެވިފައިވާ ކަމަށެވެ.

އަދި އެ ހަށިގަނޑަކީ އޮޔާ އެކު ރާއްޖެ އައިސްފައިވާ ހަށިގަނޑެއްތޯ ބެލުމަށް އިންޓަނޭޝަނަލް ޕާޓްނާސް އާއި ވާހަކަދެކެވެމުންްދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ވެމްފަރު ފަޅުން އިންސާނެއްގެ ހަށިގަނޑު ފެނުނީ މިދިޔަ ޖެނުއަރީ ދެވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!