ޚަބަރު

ހަށިވިއްކި މައްސަލާގައި ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލައިފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ 43 އަހަރުގެ ފިރިހެން މީހާ ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި 43 އަހަރުގެ ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މި މައްސަލާގައި ހިމެނޭ ބިދޭސީ ދެ އަންހެނުންގެ ބަންދަށް ދީފައިވަނީ އެއް ދުވަހެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!