ސަނީފު ރައީީސް ނަޝީދަށް: ކޮންކަހަލަ ޑިމޮކްރަސީއެއްތޯ ތިޔަ ގެންުޅެނީ؟

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރައްވާނެ މަޝްވަރާއެއް ނެތްކަމަށް ރައީީސް މުޙައްމަދު ނަޝީދު ވިދާޅުމުން ތިނަދޫ ދެކުނު ދާއިރާގެ ސަނީފް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓް "އެލެކްސް އަހުމަދު" އިން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އެމްޑީޕީއާ ކުރައްވާނެ މަޝްވަރާއެއް ނެތް ކަމަށެވެ.
ނަމަވެސް އޭގެ ދޮޅުގަޑިއިރެއް ހައިއިރު ފަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީއާ ކުރައްވާނެ މަޝްވަރާއެއް ނެތް ކަމަށް ވިދާޅުވެވުނީ ގޯހަކުން ކަމަށާއި ރާއްޖެއަށް އަދި އެމްޑީޕީއަށް އެންމެ ހެޔޮ ގޮތް ހޯދުމަށް މަސައްކަތް ކުރާން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، އެމްޑީީޕީގެ އިސް ލީޑަރު، ރައީސް ޞާލިޙާއެކު އެކަން ވެދާނެ ކަމަށް ނުފެންނަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކައާ ގުޅިގެން ސަނީފް ވިދާޅުވީ ޑިމޮކްރަސީ ހިފައިގެން ދުވި މީހުންގެވކިބައިގައި ބަލި ގަބޫލު ކުރުމުގެ ހިތްވަރެއް ނެތް ކަމަށާއި، މުޅި ޕާޓީ ފުނޑާލަން ގަސްދުކޮށް ޚުދުމުޚުތާރުވެއްޖެ ކަމަށެވެ.
”އެމްޑީޕީގެ ރައީސް ކަމުގަ ހުރެ އެމްޑީޕީއާ ކުރާނެ މަޝްވަރާއެއް ނެތޭ ބުނީމަ އަހައިލަން ބޭނުންވަނީ ތީ ކޮންކަހަލަ ޑިމޮކްރަސީއެއްތޯ ތި ގެންގުޅެނީ.“
ރައީސް ނަޝީދު މީގެ ކުރިންވެެސް ވަނީ، ރައީސް ޞާލިޙާއެކުގައި ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި 2023ގެ ރިޔާސީ އިންތިޚާބު، ރައީސް ޞާލިޙާއެެކު ނުކުމެގެން އެމްޑީޕީއަށް ނުލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކަލޭބުނެގެން ވެމްކޯގެ މަތީ މަގާމަގަށް އުރަތްޕެއްނެތް މީހަކު ލާފަ އެހުރީ ޑިމްކުރެސީ އިނގޭތީތޯ