ޚަބަރު ސިޔާސީ

އަންހެނުންގެ ހައްޤުތައް ކުރިއަރުވަން އެންމެ ބޮޑަށް މަސައްކަތް ކުރީ މި ސަރުކާރުން: ސަނީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހިރާއްޖޭގައި އަންހެނުންގެ ހައްޤުތައް ކުރިއަރުވަން އެންމެ ބޮޑަށް މަސައްކަތް ކުރީ މި ސަރުކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސަނީފު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެފައިވަނީ، އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި، ޤާނޫނީ ތަރަހައިގެ ތެރެއިން، މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

އެގޮތުން އަންހެނުންގެ ތަރައްޤީއަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ރަށު ކައުންސިލުތަކުން ޖާގަ ދިނުމާއި، ޑަބްލިޔުޑީސީއަށް މުސާރަ ދިނުމާއި، އިނާޔަތް އިތުރުކޮށްދިނުމާއި، މެޓަރނިޓީ ލީވް ވެސް ދިންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕީޕީއެމްގެ މެމްބަރުން މަޖިލިސް ތަޅުމުން ބޭރު ކުރުމަށް، އަންހެން ސެކިއުރިޓީން ބޭނުންކުރި ކުރުން ކުށްވެރި ކުރައްވައި، އެކަން ތަކުރާރު ވިޔަ ނުދިނުމަށް، މަޖިލީހުގެ ރިޔާސަތަށް ނަސޭހަތްތެރިވާން ޖެހޭ ކަމުގައިވެސް ސަނީފު ވަނީ ވިދާޅުވެފައެވެ.

"އަންހެން ސްޓާފުން ބޭނުންކޮށްގެން، ފިރިހެނުން ނެރުމަށް އަމުރު ކުރުމަކީ، ހަޤީޤަތަކީ، އަންހެނުންނާ ދޭތެރޭ އިޙްތިރާމް ކުޑަ ކުރުން. އެ ފަދަ ކަންތައް، މީގެ ފަހުން، ރިޔާސަތުން ނުކުރާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަނީ."

މީގެ އިތުރުން ސަނީފު ވަނީ އަންހެނުންނަކީ ވިހާ، ގާތުން ކިރުދޭ ބައެއްކަން ދަނެ، އެ ކަނބަލުންނަށް ލުއި ގޮތްތައް ހޯދައިދިނީ މި ސަރުކާރުން ކަމަށް ވިދާޅުވެފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!